އިންތިހާބު މަދުވިޔަސް ޑިމޮކްރަސީއާ ގުޅޭ ސުވާލު މަދެއް ނުވޭ: އާޒިމާ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުން ނިންމިޔަސް ޑިމޮކްރަަސީއާ ގުޅޭ ސުވާލުތައް މަދު ނުވާ ކަމަށާއި ޑިމޮކްރަސީ ރަނގަޅަށް ޕްރެކްޓިސް ކުރެވޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ރޭ ވިދާޅުވެއްޖެ އެވެ.