Live 359,352 stories Updated Aug 18, 2026
Browse topics All stories

Latest stories

Live feed

ބޭންކިންގެ އިސް މަގާމުތަކުގައި ދިވެހިންގެ ނިސްބަތް 80 ޕަސެންޓަށް އިތުރުކުރަން އަމާޒު ހިފައިފި

ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 80 ޕަސެންޓަށް އިތުރުކުރުމަކީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުހިންމު އަމާޒެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.

3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން ވިދާޅުވިގޮތުގައި، އަތުލައިގަނެވިފައިވަނީ 3.2 ކިލޯގެ ކެނަބިސް ބާވަތުގެ މަސްތުވާތަކެއްޗެވެ. މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސ…

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓިފައި!

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި ހަމައަށް ބާރު ސްޕީޑްގައި ކުރިއަށް ދިޔަ ދ. ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ހުއްޓި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކުޑަހުވަދޫ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމިއްޖެ

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ. ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނުގެ އެހީއާއި، ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ…

ހަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ބައެއް ހަރަކާތްތައް ކެންސަލްކުރި ނަމަވެސް ގައުމީ ދުވަހަށް ބޮޑު ހޭދައެއް ކޮށްފި!

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްފި އެވެ.

މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކާ ދެކޮޅަށް ވެސް ޕެޓިޝަން ހުށަހެޅޭ ގޮތް ހަދަން ކޮމިޓީން ފާސްކޮށްފި

ރިޕީޓުކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

ސޯމާލިއާ ކައިރިން ކާގޯ ބޯޓެއް ފޭރިގެންފި

ސޯމާލިއާގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ މުދާ އުފުލާ، ކާގޯ ބޯޓެއް ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް، އެ ސަރަހައްދުގެ ކަނޑުމަތީގެ ހަރަކާތްތައް މޮނިޓަކުރާ ފަރާތްތަކުން ބުނެފި އެވެ.

އީރާނުގެ އަސްކަރިއްޔާ ހަމަލާދިނުމުގެ ޙާލަތަކަށް ބަދަލުވެދާނެ

އެމެރިކާއާއި އީރާނާ ދެމެދު ވެވިފައިވާ 60 ދުވަހަށް ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ސުންގަޑި އޯގަސްޓް 17 އަށް ހަމަވުމާ ގުޅިގެން، އީރާނުގެ އަސްކަރީ ސިޔާސަތު ދިފާޢީ ޙާލަތުން ހަމަލާދިނުމުގެ ޙާލަތަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ދީފިއެވެ. އައިއާރުޖީސ…

Loading fresh headlines…