އެޗްޑީސީގެ އިދާރީ ހަރަދުތަކުން 2024 ގައި 12 ޕަސެންޓު ސަލާމަތްކުރި: އޮޑިޓް ރިޕޯޓް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2024 ވަނަ އަހަރު މާލީ ހަރަދުތައް ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު ކުންފުނީގެ މައިގަނޑު އިދާރީ ހަރަދުތަކުން 12.2 ޕަސެންޓު ސަލާމަތްކޮށް، ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ހޯދައިފި އެވެ.