ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަނަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންގެ ރެގިއުލޭޝަނަކީ މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ގަވާއިދެކެވެ. އަދި ކަސްޓަމަރ ޑިއު ޑެލިޖަންސްގެ ގަވާއިދަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި، އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުޠުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.

އެމްއެމްއޭ އިން ބުނީ މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ، ޚިޔާލާއި މަޝްވަރާއެކު އެކުލަވާލައިފައިވާ މި ގަވާއިދުތަކަށް އާންމުންނަށް 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ 15:00އާ ހަމައަށް ޚިޔާލު ހުށަހެޅޭނެ ކަމަށެވެ.

ޚިޔާލު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް[email protected]އަށެވެ.

ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން

https://tinyurl.com/ConsumerProtectionRegulation

ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަން

https://tinyurl.com/RegulationElectronicCDD