Live 6,008 stories Updated Oct 10, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ވެރިރަށް މާލެއާއި މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ސިފަކުރައްވައިފި އެވެ. "ސާގަރްމަންތަން 2026" ސަމިޓުގެ ހަވާސާގައި "ފަސްޓްޕޯސްޓް" ގެ ހަމް ކޯރު ސަރޯޔާއަށ…

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން: މެންބަރު ޝަމްހީދު

ރަސްމާލެ މަޝްރޫއާ ގުޅޭ އެއްވެސް ކަމެއް އެނގެން ނެތް ކަމަށާއި، ހަމައެކަނި އެނގެނީ "ޝެއިހު" އަކަށް 400 މިލިއަން ޑޮލަރު ދިންކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ ގާނޫނަށް އަލަށް ގެނައި އިސްލާހުގެ ދަށުން މިހާތަނަށް މާލޭގައި ހުރި 13 ޑްރަގު ކެފޭ ބަންދުކުރެވިފައިވޭ: މިނިސްޓަރު އިހުސާން

މަސްތުވާތަކެތީގެ ގާނޫނަށް އަލަށް ގެނައި އިސްލާހުގެ ދަށުން ފުލުހުންނަށް ލިބިދޭ ޚާއްސަ ބާރުގެ ތެރެއިން، މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރަމުން ދިޔަ 13 ތަނެއް (ޑްރަގް ކެފޭ) ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޑރ. އަޒްމިރާލްދާ އާއި މަހާޒުގެ މައްޗަށް ކުރީ ސިޔާސީ ތުހުމަތުތަކެއް، ބަދަލު ދޭންޖެހޭ: އަލީ ހުސެއިން

ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރަށް ކުރީ ސިޔާސީ ތުހުމަތުތަކެއް ކަމަށާއި، ދައުލަތުން އެ ދެ ބޭފުޅުންނަށް ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ …

ރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ފުރުސަތު ދީފައިނުވޭ، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ: ބޮންޑާ

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ދިވެހީން ފުރުސަތު ދީފައިނުވާ ކަމަށާއި، ރަސްމާލެ މަޝްރޫއުގައި ވެސް ދިވެހީން އެ ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ނިލަންދޫ ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް: ނަޖިސް ބޭރުކުރަނީ ބައުޒަރު ބޭނުންކޮށްގެން!

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުގެ ސަބަބުން، އެ ރަށުގެ މަގުތަކުން ނަޖިސް ބޭރުކުރުމަށް ކޮންމެ ދުވަހަކު ބައުޒަރު ބޭނުންކުރަން ޖެހި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް ވިޔަފާރި ގުޅުމެއް ނުބޭއްވުމަކީ ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް: ޑރ. އިނާޒް

އަނިޔާވެރިކަމަށް ހިތްވަރުލިބޭ އެއްވެސް އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުމެއް ނުބޭއްވުމަކީ، ފަލަސްތީނުގެ ހައްގުގައި ދިވެހިން އަބަދުވެސް ދަމަހައްޓަންޖެހޭ ސާބިތު އުސޫލެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ވިދާޅުވެއްޖެ އެވެ.

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

ޣައްޒާ ސުންނާފަތިކޮށް، އެތަނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ވިޔަފާރިތަކުން ފައިދާ ހޯދުމަށް ކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު …

Loading fresh headlines…