މާލެ، ގަލޮޅުގަައި ހުންނަ ގެއަކަށް 4 މީހުން ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި އެންމެންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ، ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި ގެއަށް ވަދެ ފޭރުނީ ކޮން އެއްޗެއްކަން މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.