Live 6,015 stories Updated Jul 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

2022 ވަނަ އަހަރު ބާރަށު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ހިސާބާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

2022 ވަނަ އަހަރު ހއ. ބާރަށު ކައުންސިލް އިދާރާ އަށް ލިބެންޖެހޭ ފައިސާ ހިސާބު ބަލަހައްޓާފައި ނުވާ ކަމަށާއި ކުއްޔަށް ދޫކުރާ ތަންތަނުގެ ރަޖިސްޓްރީ ވެސް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް

ދިވެހި ރާއްޖެ އިން މިއަދު ފެންނަމުން މި ދަނީ އިޚުލާސްތެރި ކަމެއް ނެތް އަދި ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާއަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދަށް ދައުވަތު އަރުވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރައްވައިފި އެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

ކޮރަޕްޝަންގެ މައްސަލަތަކުގައި މި ސަރުކާރުގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިންމު ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އޮންނަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުން ބަހުސްކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާ ގުޅޭގޮތަށް: ކުރީގެ އުއްތަމަ ފަނޑިޔާރު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އޮންނަން ޖެހޭނީ ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުން ބަހުސްކޮށް، ރާއްޖޭގެ ޤާނޫނީ ނިޒާމާ ގުޅޭގޮތަކަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑިއު ޕްރޮސެސް ފުރިހަމަނުކޮށް، ޖަވާބުދާރީވާން ފުރުސަތު ނުދީ ފަނޑިޔާރުންތަކެއް ވަކިކުރުމަކީ ލަދުވެތިކަމެއް: މުއިއްޒު

ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު އެ ބޭފުޅުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި، އެންމެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރިއިރު އިޖުރާއީ އިންސާފު ނުވަތަ "ޑިއު ޕްރޮސެސް" ފުރިހަމަކޮށްފައި ނުވާތީ އެއީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ރާއްޖޭގެ ފުރަތަ…

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

ގައުމުގެ ކަންކަން ހަރުދަނާކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ގައުމު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލީހެއް އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!

ޖުޑީޝަރީއަށް އޮތް ނުފޫޒު މިހިނދުން ފެށިގެން ނިމުމަކަށް ގެނެވިފައިވާކަމަށް ވެރިކަމުގެ ހުވާ ކުރައްވައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެވޭނީ 2029 ގައިކަމަށް އޭގެ 2 އަހަރާއި 9 މަސް ފަހުން ރައީސް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް 3 އަހަރު ފުރެންދާއިރު އަދިވެސް ދައުލަތް ހިންގަނީ "އެލް ބޯޑު" ޖަހައިގެން: ޝާހިދު

މި ސަރުކާރަށް އިގްތިސާދީ ގޮތުން ގައުމު މިނިވަން އައްސޭރިއަކަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ސަބަބަކީ ސަރުކާރަށް ތިން އަހަރު ފުރެންދާއިރު ވެސް ދައުލަތް ހިންގަމުންދަނީ "އެލް ބޯޑު" ޖަހައިގެން ކަމަށް ވާތީ ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއް…

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި އެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

Loading fresh headlines…