Live 10,217 stories Updated Jan 21, 2026
Showing: PSM
Browse topics PSM

PSM

Live feed

މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި

މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފިއެވެ. މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ރަސްމީކޮށް ކަންނެލި ގަންނަން ފަށާފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް…

ފޯޅަވަހީގެ މިލްކުވެރިކަމަށް ދައުވާކުރަނީ ތާރީޚްގެ މުހިންމު ޙިއްޞާއަކަށް ވުމުން

ފޯޅަވަހީގެ މިލްކުވެރިކަމަށް ދައުވާކުރަނީ ތާރީޚްގެ މުހިންމު ޙިއްޞާއަކަށް ވުމުންގެ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމަށް ކީރް ސްޓާމަރ ނިންމެވި ނިންމެވުމަކީ އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އިސްތިއުމާރު ނައްތާލުމަށް ނިންމެވި މުހިންމު ނިންމެވުމެކެވެ. ނަމަވެސް ދިވެހިރާއްޖެއިން އ…

ކަރާޗީގެ އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާގުޅިގެން ރައީސްގެ ތަޢުޒިޔާ

ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ޙާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެޙްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނ…

އިންސާނީ ވަގުފާރިއާ ގުޅޭ މުހިންމު މަޝްވަރާތަކެއް

އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، …

އދގެ އެޖެންސީގެ އިމާރާތްތަކަށް އިސްރާއީލުންދިން ޙަމަލާ ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ޝެއިޚް ޖައްރާގައި ހުންނަ، ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އެޖެންސީ (އަންރުވާ)ގެ އިމާރާތްތަކެއް ސުންނާފަތިކޮށްލި ކޮށްލުން، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ މިފަދަ …

ގްރޭޑު 1 އަށް ވަނުމަށް 4790 ދަރިވަރުން އެދިފައިވޭ!

ދިރާސީ އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 ގައި ކިޔެވުމަށް 4790 ދަރިވަރުން އެދިފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއަހަރުވެސް އަތޮޅުތަކުން މާލެއަށް 1500 އެއްހާ ދަރިވަރުން ބަދަލުވެފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ. މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށު…

މިދިޔަ އަހަރު ޕީއެސްއައިޕީއަށް 8.6 ބިލިޔަން ރުފިޔާ ޚަރަދުކުރި

މިދިޔަ އަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް 8.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ، އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެ…

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

ތެރަޕީއަކީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ސިކުނޑީގެ ތަރައްޤީއަށް އެންމެ މުހިންމު އެއް ފަރުވާއެވެ. ނަމަވެސް މި ޚިދުމަތް ރާއްޖޭގައި މިހާތަނަށްވެސް ވަރަށް ބޮޑަށް ޤާއިމުވެފައި އޮތީ މާލޭ ސަރަޙައްދުގައެވެ. ޚިދުމަތުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ އަމިއްލަ ކްލިނިކްތަކާއި …

ޗާގޯސްގެ ހައްގުކަން މޮރިޝަސްއަށްވުރެ ބޮޑީ ރާއްޖެއަށް: ރައީސް

އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ މީގެކުރިންވެސް އެކި ޕްލެޓްފޯމްތަކުގައި މިވާހަކަ ތަކުރާރުކުރައްވާފައެވެ. އިނގިރޭސިވިލާތުގެ ނޫހެއް…

ރަޝިއާއިން 20،000 އަށްވުރެގިނަ ފަތުރުވެރިން، މިއީ %23 ކުރިއެރުމެއް

އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 20،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ރަޝިއާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ…

އާސަންދައިގެ ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުން އެތައްކަމަކާއި ގުޅިފައި

ރައްޔިތުންގެ ބޭސްފަރުވާއަށް އާސަންދައަށް ކުރާ ޚަރަދުދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިދިޔަ އަހަރުވެސް ބަޖެޓުގައި އާސަންދައަށާއި އިޖުތިމާޢި ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ޚަރަދުކުރުމަށް 2.2 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވީނަމަވެސް، މިދިޔަ އަހަރުވަނީ 3 ބިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްފައެވެ.…

ރޯދަ ހަދިޔާ: މަސްދަޅު ކޭސްތަކުގެ %96 އިންސައްތަ ނިމިއްޖެ

ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅު ކޭސްތަކުގެ ބޮޑުބައި އުފައްދައި ނިމިއްޖެއެވެ. މި މަސްދަޅު ކޭސްތައް އުފެއްދުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. މިކަމަށްޓަކައި އުފައްދަންޖެހޭ މަސްދަ…

Loading fresh headlines…