Live 11,945 stories Updated Sep 17, 2026
Showing: PSM
Browse topics PSM

PSM

Live feed

ހުރްމުޒް ސަރަހައްދުން އެމެރިކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

ހުރްމުޒް ކަނޑުއޮޅީގައި އޮންނަ ޤަޝަމް ޖަޒީރާގެ ވައިގެ ސަރަޙައްދުން، އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ)އިން ބުނެފިއެވެ. އައިއާރުޖީސީގެ ބަޔާނުގައިވާ ގޮތުން، އަންގާރަ ދުވަހުގެ ރޭ އެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯން ވ…

މާލޭގައި ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

މިއަދު މެންދުރު މާލޭގެ ބައެއް ސަރަހައްދުތަކަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. މިއަދު މެންދުރު ކަރަންޓު ކެނޑިފައިވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސްޓެލްކޯގެ އޮފިޝަލަކު ވި…

ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރު: ވޯލްޑްބޭންކް

ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ވަރލްޑް ބޭންކުން ދެއްވައިފިއެވެ. މިޔަޤީންކަން ދެއްވީ ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައެވެ. ވަރލްޑް ބޭންކުން ދެކުނު އޭޝ…

އެމެރިކާގައި ހެލިކޮޕްޓަރެއް ވެއްޓި ނޫސްވެރިންތަކެއް މަރުވެއްޖެ

އެމެރިކާގެ ލޮސް އެންޖެލިސްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަޢުލޫމާތު ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިން ތިބި ހެލިކޮޕްޓަރެއް ވެއްޓި، ތިން މީހުން މަރުވެއްޖެއެވެ. އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި މި ހާދިސާގައި ވެއްޓިފައިވަނީ މަޝްހޫރު މީޑިއާ ނެޓްވޯކްތައް ކަމުގައިވާ އެންބީސީ …

ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން ބަދަހިކުރަން ތުރުކީއާއެކު މަޝްވަރާކޮށްފި

ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ، އޭކޭ ޕާޓީން މަޝްވަރާކުރައްވައިފިއެވެ. އަދާލަތު ވޭ ކަލްކިންމާ ޕާޓީ، އޭކޭ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ…

ރައީސްގެ ޤައުމީ އިޞްލާޙީ ބަދަލުތަކަށް ސީޕީސީގެ ތަޢުރީފު

ޤައުމީ އިޞްލާޙީ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަމާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ޙާޞިލުކުރައްވާފައިވާ ކާމިޔާބީތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ، ސީޕީސީން ތަޢުރީފްކުރައްވައިފިއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީ، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަ…

"ސީލައިން 3" ދޯންނާއި މީހުން، އޭދަފުއްޓަށް ގެނެގޮސްފި

ކާށިދޫ ކަނޑަށް ދިޔަވާޏް ފެށި ސަޕްލައި ދޯންނާއި އެދޯނީގައި ތިބި މީހުން، އޭދަފުއްޓަށް ގެނެގޮސްފިއެވެ. ފުލުހުން ވިދާޅުވީ ބ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާއެކު އޭދަފުއްޓަށް މިހާރު ގެންދެވިފައިވާކަމަށާއި ދޯނީގައި ތިބި 4 މީހުންގެ ހާލުވެސް ރަނގަޅުކަމަށެވ…

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މެންދުރު މިއަދު 18:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ކ.އަތޮޅުން ފެށިގެން ގދ.އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވ…

އެމެރިކާގެ ހަނގުރާމައިގެ ހަރަދު 38 ބިލިޔަން ޑޮލަރަށް

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށް ހަ މަސްދުވަސް ވެފައިވާއިރު، މިހާތަނަށް 38 ބިލިޔަން ޑޮލަރު ހޭދަވެފައިވާ ކަމަށާއި ކޮންމެ މަހަކު އެ ޢަދަދު 3 ބިލިޔަން ޑޮލަރުން އިތުރުވާނެ ކަމުގައި ކޮންގްރެޝަނަލް ބަޖެޓް އޮފީހުން (ސީބީއޯ) ބުނެފިއެވެ. މިއީ، ހަނގުރާމަ ނިމުމަކަށް ގެނެސް، ހު…

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު 151އަށް

މިދިޔަ މަހާ ހަމައަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު 151އަށް އަރާފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ކުދިންނާއި 62 އަންހެން ކުދިންނެވެ. ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އާންމ…

އެފްއެޗްއޭއެމް ފެއަރ: ފުރަތަމަ ފަހަރަށް އެންމެ މޮޅު ޝެފުގެ އެވޯޑު ދިވެހި އަންހެނަކަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމްގެ "ބެސްޓް ޝެފް"ގެ މަގާމު ދިވެހި އަންހެނަކު ހާސިލްކޮށްފިއެވެ. މިމަގާމު ހާސިލްކޮށްފައިވަނީ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގެ މުސްލިމާ އާދަމްއެވެ. ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއ…

ޕީއެންސީގެ 6 ނައިބު ރައީސުން އިންތިޚާބުކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް އާއި، އިޤްތިޞ…

Loading fresh headlines…