Live 13,985 stories Updated Nov 2, 2026
Showing: PSM
Browse topics PSM

PSM

Live feed

އިންތިހާބަށްފަހު އީރާނަށް ހަމަލާދޭން ނަތަންޔާހޫ ޓްރަމްޕަށް ބާރުއަޅަނީ

އެމެރިކާގެ މިޑްޓަރމް އިންތިހާބަށްފަހު އީރާނާ ދެކޮޅަށް ފަށާފައިވާ ގައިރުގާނޫނީ ހަނގުރާމަ އަލުން ފަށައި، ނިރުބަވެރި ހަމަލާތައް އިތުރުކުރުމަށް ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅަމުންދާ ކަން ހާމަވެއްޖެއެވެ. މި ކަމުގެ މައުލޫމާތު ލިބިފައިވާ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ނޫސް، އެކްސިއޮސްއިން ރިޕޯޓުކުރި ގޮތުގައި، ދެ މީހުން ފޯނުން ކުރި މަޝްވަރާތަކުގައި ހައްދުފަހަނައެޅި ނަތަންޔާހޫ އަސްކަރީ ހަމަލާތައް ވަރުގަދަކުރަން ބާރުއެޅި ނަމަވެސް، ޓްރ…

ހޯމް ސްކޫލިން ބިލު މަޖިލީހަށް ބަލައިގެންފި

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމަށް، ތަޢުލީމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލު މަޖިލީހަށް ބަލައިގަނެފިއެވެ. ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ. މިދިޔަމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ކިޔުން އިއްވި، މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތ…

ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލޭ އަޅާ ކުދިންނަށް ތަނަަވަސް ޖާގައެއް

ހދ. ކުރިނބީގައި މިވަގުތު ތެލަސީމިއާގެ ލޭ އަޅާ 2 މީހުން އެބަތިއްބެވެ. ރަށުން މިވަގުތު ލޭ އެޅުމުގެ ޚިދުމަތް ލިބުނުނަމަވެސް ލޭ ހަދިޔާ ކުރާމީހުންނާއި ތެލަސީމިއާ ޕޭޝަންޓްގެ ލެޔާ ދިމާވޭތޯ ޔަޤީންކުރަން ހަދާ ޓެސްޓްތައް ހެދެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް އެ ރަށުގައި މިހާރު ތަރައްޤީކުރަމުންދާ ސިއްހީ މަރުކަޒުގެ އައު އިމާރާތާއެކު އިތުރު ޚިދުމަތްތައް ލިބި މިފަދަ މައްސަލަތަކަށް ހައްލު ލިބިގެން ދިޔުމަކީ އެރަށު ރައްޔިތުންގެ އުންމީދެކެވެ. ހދ. ކުރިނބީ ސިއްހީ މަރުކަޒަކީ މިހާރު 16 ގަޑިއިރަށް ޚި…

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފު އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ނިޔާވެފައިވަނީ، އުމުރުން 72 އަހަރުގައެވެ. ރިލްވާނަކީ ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، އެ މިނިސްޓްރީގެ އެކި މަޝްރޫއުތަކާއި މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ޑެޕިއުޓީ މިނިސްޓަރު ކ…

"އާރުވެރި" ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމެންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ "އާރުވެރި" މެޗިންގ ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތައް: * ފިޝިންގ ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް - މ…

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ޓޭންކަރެއް މައިނުގައި ޖެހި ގެއްލުންވެއްޖެ

ހުރްމުޒް ކަނޑުއޮޅިން އީރާނުގެ "ހުއްދަނެތް މަގަކުން" ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް މައިނުތަކެއްގައި ޖެހި "ގޮވާފައިވާ" ކަމުގައި އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނެފިއެވެ. އީރާނުން ދަނީ މި މުހިންމު ކަނޑުގެ ސަރަހައްދުގެ ކޮންޓުރޯލު ދަމަހައްޓައި، އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އެޅި ހުރަސްތަކާ ހިލާފުވާ އުޅަނދުފަހަރަށް ހަމަލާދެމުންނެވެ. އާދީއްތަ ދުވަހު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އެހެން އުޅަނދަކަށް ނޭނގޭ އެއްޗަކުން ހަމަލާއެއް އަރާފައިވާ ކަމުގައި އިނގިރޭސިވި…

މިދިޔަ މަހު މަސްވެރިންނަށް 30 މިލިޔަން ރުފިޔާ

މިދިޔަ މަހު މަސްވެރިންނަށް 30 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް 460 އަށް ވުރެ ގިނަ ދޯނިން މަސް ކިރުވާފައިވެއެވެ. ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ނިމިދިޔަ އޮކްޓޯބަރ މަހު މިފްކޯއަށް 462 ދޯންޏަކުން މަސް ކިރުވާފައިވާއިރު، އޭގެ ކުރިން މަހު މިފްކ…

ފްލޮރިޑާއަށް މަތިންދާބޯޓެއް ވެއްޓި ނުވަ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް

އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗް ކައުންޓީއަށް 'ލިއަރޖެޓް 60' މަރުކާގެ މަތިންދާބޯޓެއް ވެއްޓި، އޭގައި ދަތުރުކުރި ނުވަ މީހުން މަރުވެއްޖެއެވެ. ބަހާމާސްއަށް ދަތުރުކުރި މި އުޅަނދު ވެއްޓުނު ހާދިސާއަކީ، ޖޫން މަހު މިޒޫރީގައި 12 މީހުން މަރުވި މި ފަދަ އެހެން ހާދިސާއަކަށްފަހު، އެމެރިކާގައި މި އަހަރު ހިނގި މި ފަދަ ދެވަނަ ހާދިސާއެވެ. ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ވިދާޅުވީ، ބޯޓު ވެއްޓުނީ "މިސައިލެއް ވެއްޓުނު ފަދަ" ގޮތަކަށް ކަމުގައެވެ. އަދި، ދަތުރުފަތުރާ ބެހޭ ވަޒީރު ޝޯން ޑަފީ ވިދާޅުވީ، މިއީ "ބިރުވެރި ހިތ…

ކުނަހަންދޫ އަންހެން ކުރިކެޓް މުބާރާތް މިމަހު 5 ގައި

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްގެންދާ އަންހެން ކުރިކެޓް މުބާރާތް މިމަހުގެ 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިއްޖެއެވެ. މިމުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ތަރައްޤީވަމުން އަންނަ އަންހެން ކުދިންނާއި އެރަށުގެ އިތުރު ކަނބަލުންކަމަށް ލ. އަތޮޅު ކުރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު ވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ. މުބާރާތް ކުރިއަށްދާނީ ކުނަހަންދޫ ކުރިކެޓ…

ފުރަތަމަ ރަސްމީ އެއާ ބެޑްމިންޓަން މުބާރާތައް ބޮޑު ތަރުހީބެއް

ރާއްޖޭގައި ބޭއްވި ފުރަތަމަ އެއާ ބެޑްމިންޓަން މުބާރާތަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިޔަށްގެންދިޔަ މި މުބާރާތަކީ މިހާތަނަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ ރަސްމީ އެއާ ބެޑްމިންޓަން މުބާރާތެވެ. 16 މީޓަރުގެ ދިގު ދެ ކޯޓުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިންނާއި ވެޓެރެންސް ކުޅުންތެރިން އަދި އަރަމުން އަންނަ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރ…

"ކުދި ގައުމުތަކަށް ތަންފީޒުކުރެވޭ އިންވެސްޓްމެންޓްތައް ހޯދަން ގުޅުން ބަދަހިކުރަންޖެހޭ"

ކުދި ޤައުމުތަކަށް ތަންފީޒު ކުރެވޭފަދަ އިންވެސްޓްމެންޓްތައް ހޯދުމަށް މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިކުރަންޖެހޭ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. އެންޓިގާ އެންޑް ބާބިއުޑާގައި ކޮމަންވެލްތުގެ ކުދި ޤައުމުތަކުން ވަޒީރުންގެ ބައްދަލުވުން ދިވެހިރާއްޖެއިން ވަނީ އެޤައުމާއެކު ކޯ ޗެއަރ ކޮށްފައެވެ. ކޮމަންވެލްތު ކުދި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުން ފެށުމުގައާއި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ވާހަކަފުޅުދައް…

ލިވަޕޫލް ބަލިކޮށް އާސެނަލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ. މި މެޗުން އާސެނަލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން 24 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފައެވެ. ލިވަޕޫލްއަށް 9 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އިނގިރޭސި ކަރަބާއޮ ކަޕުން ކެޓުމަށްފަހު ވަރުގަދަ ލިވަޕޫލް އާއި ދެކޮޅަށް މިކޭލް އާޓޭޓާގެ އާސެނަލް ނިކުތްއިރު އެ ޓީމާއި ދެކޮޅަށް ނިކުތް…

Loading fresh headlines…