ރާއްޖޭގައި ބޭއްވި ފުރަތަމަ އެއާ ބެޑްމިންޓަން މުބާރާތަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިޔަށްގެންދިޔަ މި މުބާރާތަކީ މިހާތަނަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ ރަސްމީ އެއާ ބެޑްމިންޓަން މުބާރާތެވެ.
16 މީޓަރުގެ ދިގު ދެ ކޯޓުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިންނާއި ވެޓެރެންސް ކުޅުންތެރިން އަދި އަރަމުން އަންނަ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންވެސް ވާދަކުރިއެވެ.
ސިންގަލްސް، ޑަބަލްސް އަދި ޓްރިޕްލެޓްސް (3v3) ކެޓަގަރީތައް ހިމެނޭ ގޮތަށް ކުރިޔަަށް ގެންދިޔަ މި މުބާރާތުގައި 15 އަހަރުން ދަށް، 17 އަހަރުން ދަށް، 19 އަހަރުން ދަށް އަދި އޯޕަން ސީނިއަރސް ކެޓަގަރީގައި ކުޅުންތެރިން ވާދަކުރިއެވެ.
28 އޮކްޓޫބަރުން ފެށިގެން 1 ނޮވެމްބަރުގެ ނިޔަކަށް ކުރިޔަަށް ގެންދިޔަ މި މުބާރާތާއި ގުޅޭ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އިޝްފާން މުޙައްމަދު ވިދާޅުވީ، ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި އެއާ ބެޑްމިންޓަން މުބާރާތެއް ބޭއްވުނީ ބީސީސީން ދެއްވި ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާއި އެކުގައިކަން ފާހަގަ ކުރެއްވިއެވެ.
“ފަސޭހަކަމެއް ނޫން މީ، ވެލިގަނޑުވެސް ބީސީސީން ހަދައިދިނީ،"
މިއީ ދުނިޔޭގައި އެންމެ ޓްރެންޑިން ކޮންސެޕްޓް، މައްޝޫރުވަމުން އަންނަ އެއް ޓްރެންޑް މީ. މިކަހަލަ މުބާރާތެއް ބޭއްވުމަކީ ވަރަށް ފުރިހަމަ ކަމެއް ކަމަށް ގަބޫލުކުރަނީ” އިޝްފާން ވިދާޅުވިއެވެ.
މި މުބާރާތުގެ ބައިވެރިން ބުނީ މިއީ އެއާ ބެޑްމިންޓަންގެ ފުރަތަމަ މުބާރާތަށް ވެފައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.
އަދި ކުރިޔަށް އޮތް ތަނުގައި މީގެ އިތުރު މުބާރާތްތަލުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި މިއީ ވަރަށް ރަނގަޅު ފެށުމެއްކަމަށް ބައިވެރިން ފާހަގަކުރިއެވެ.
ފުރަތަމަ ރަސްމީ އެއާ ބެޑްމިންޓަން މުބާރާތައް ބޮޑު ތަރުހީބެއް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed