ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަން އިޓަލީން ތައްޔާރުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަމުންދާތީ، އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރުމަށް ކަނޑުގެ އަސްކަރީ މިޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަން ދިފާޢީ ވަޒީރު ގުއިދޯ ކްރޮސެއްތޯ ހާމަކުރައްވައިފިއެވެ. ކަނޑުމަގުން ކުރިމަތިވާ ނުރައްކާތަކަށް އިޖާބަދިނުމުގައި ލަސްވެއްޖެނަމަ އިޤުތިޞާދަށާއި ޢާންމު ރައްޔިތުންނަށް ސީދާ އަސަރުކޮށްފާނެ ކަމުގައި ކްރޮސެއްތޯ ވިދާޅުވިއެވެ. އަދި، އިޓަލީވިލާތުގެ އުޅަނދުތައް ރައްކާތެރިކަމާއެކު ދަތުރުކުރުން ކަށަވަރުކުރުމަށް ބޭނުންވާ ކޮންމެ ފިޔ…