މިއަދަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް މާލެ ސަރަހައްދާއި އައްޑޫ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މާލޭ އިމިގްރޭޝަން އޮފީހާއި އައްޑޫ އިމިގްރޭޝަން އޮފީހުން ހެނދުނު 8:30 އިން ހަވީރު 17:30 އާއި ހަމައަށް ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނެ ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ފާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށެވެ.

ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް 2 ގައި ހުންނަ އިމިގްރޭޝަން އޮފީހުން މިއަދު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 8:30 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ޚިދުމަތެއް ހޯދަން ބޭނުންވާނަމަ 9555333 ނަންބަރާއި ގުޅުއްވައިގެން ކުރިޔަށް ގެންދެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.