ޔަހޫދީ ދައުލަތުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އަލްޚަލީލްގައި، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން 10 ދުވަހުގެ މުއްދަތަށް ހިންގި ލާއިންސާނީ އަދި ވަރުގަދަ އަސްކަރީ އޮޕަރޭޝަން ނިންމާލުމަށްފަހު އެ ސަހަރުން ފައިބައިފިއެވެ.
މި އުދުވާނުގައި ސުންނާފަތިކޮށްލާފައިވާ ގެދޮރަށް ފަލަސްޠީނުގެ ރައްޔިތުން އެނބުރި ދާން ފަށާފައިވާއިރު، އދގެ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާތަކުގެ ސަބަބުން 3،000 އަށްވުރެ ގިނަ އާންމުން ވަނީ ހާލުގައިޖެހި، ގެދޮރު ގެއްލިފައެވެ.
މި އޮޕަރޭޝަން ހިންގުމަށް ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކުރީ، އޮކްޓޯބަރު 23 ގައި ޗެކްޕޮއިންޓެއް ކައިރީގައި ހިނގި ކުރިމަތިލުމެއްގައި ޔަހޫދީ ސިފައިންގެ ދެ މީހަކު މަރުވުމާ ގުޅިގެންނެވެ.
އެ ހާދިސާ ހިނގި ވަގުތު، އެކަމުގެ ތުހުމަތުކުރާ ފަލަސްޠީނުގެ ދެ ޒުވާނުން ޝަހީދުކޮށްލާފައި ވީނަމަވެސް، ޔަހޫދީ ސިފައިން ވަނީ ބަދަލުހިފުމުގެ ގޮތުން އެ މީހުންގެ އާއިލާތައް ދިރިއުޅޭ ގެތަކުގެ އިތުރުން، އެ ސަހަރުގެ އެހެން އިމާރާތްތަކާއި މަގުތައް ބިމާހަމަކޮށް، އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ދީފައެވެ.
ގެދޮރަށް އެނބުރި ދިޔަ ފަލަސްޠީނުގެ ރައްޔިތުން ބުނީ، ޔަހޫދީންގެ ހައްދުފަހަނައެޅި ސިފައިން ގެތަކަށް ވަދެގަތީ ގޮވާތަކެތި ބޭނުންކޮށްގެން ދޮރުތައް ވައްޓާލައިގެން ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ހަތިޔާރުން ބިރުދައްކައި، މުޅި ސަރަހައްދުގައި ބިރުވެރިކަން ވަނީ އުފައްދައިފައެވެ.
7 އޮކްޓޯބަރު 2023 ގައި ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ދޭ ނިރުބަވެރި ހަމަލާތަކާއި، ޔަހޫދީ ސިފައިން ހިންގާ ލާއިންސާނީ އަސްކަރީ އުދުވާނުތައް ވަނީ އިންތިހާއަށް އިތުރުކޮށް، މުޅި ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ނަގާލައި، ފަލަސްޠީނުގެ ރައްޔިތުން އިތުރު ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލައިފައެވެ.
އަލްޚަލީލުން ޔަހޫދީން ފޭބީ ބޮޑެތި ގެއްލުންދީ، އެތައް ބަޔަކު މަގުމަތިކުރުމަށްފަހު
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed