އިންތިހާބުގެ ކުރިން އިޒްރޭލަށް ހަމަލާދޭން އުޅޭ ކަމަށް ބުނެ ނަތަންޔާހޫ ބިރު އުފައްދަނީ
ގުދުސް (30 ސެޕްޓެމްބަރު) — އަންނަ މަހުގެ 27 ގައި އިޒްރޭލުގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކުރިން "ދުޝްމަނުން ހަމަލާއެއް ދީފާނެ" ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނުމާ ގުޅިގެން އެއީ އާންމުން ބިރުގަންނަވަން އޭނާ ދައްކާ ވާހަކަ ކަމަށް، އިދިކޮޅު ލީޑަރު ޔާއިރު ލަޕީޑް ތުހުމަތުކޮށްފި އެވެ.