މިހާރު ކުރިއަށް ދާ ހޮޓެލް
އޭޝިއާ އެގްޒިބިޝަންގެ އެސްޓީއޯގެ
ސްޓޯލްގައި "އަމުލް" ބްރޭންޑްގެ ޕްރޮޑަކްޓްތައް ތައާރަފްކޮށްފި އެވެ.
އެސްޓީއޯގެ ސްޓޯލްގައި އިއްޔެ އޮތް ހާއްސަ
ހަފްލާގައި ޕްރޮޑަކްޓްތައް ތައާރަފު ކޮށްދެއްވީ އެސްޓީއޯގެ އެކްސްކޯ މެންބަރުންނެވެ.
'އަމުލް'އަކީ އިންޑިޔާގެ ކިރުގެ އުފެއްދުންތަކަށް
ހާއްސަ، މަޝްހޫރު ބްރޭންޑެކެވެ. މި ނަމުގެ އަސްލު މާނައަކީ އާނަންދު މިލްކް ޔޫނިއަން
ލިމިޓެޑް އެވެ. މިއީ 'ދަ ޓޭސްޓް
އޮފް އިންޑިޔާ'ގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން، 'އަމުލް' ބްރޭންޑުގެ
އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކިރާ ބަޓަރާއި ޗީޒް އަދި އައިސްކްރީމްގެ އެކި ބާވަތްތައް
މިހާރު ލިބޭނެ އެވެ. އަދި އެސްޓީއޯގެ ސްޓޯލްގައި
މިއަދު އަމުލް ގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފޮނިކާތަކެތި އަދި
އައިސްކްރީމް ވެސް ލިބޭނެ އެވެ.
ހޮޓެލް އޭޝިއާ އެކްސްޕޯގައި، އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ރެޖިސްޓާ އެންޑް ވިން ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އަންނަނީ ހިންގަމުންނެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރިއެއް ފަރާތަކަށް ހާއްސަ އިނާމެއް ދެ އެވެ. އޭގެ އިތުރުން އެސްޓީއޯ އިން މިހާރު ކުރިއަށް 'ފޮލޯއެންޑް ވިން' ޕްރޮމޯޝަނުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ފޮލޯ ކުރާ ފަރާތްތަކުގެ ތެރއިން ނަސީބުވެރި އެއް ފަރާތަކަށް ޑިޝްވޮޝާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި، ހޮޓެލް އޭޝިއާ އެގްޒިބިޝަން ކުރިއަށް ދާނީ މިރޭގެ ނިޔަލަށެވެ.