Live 128,345 stories Updated Aug 18, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކާ ދެކޮޅަށް ވެސް ޕެޓިޝަން ހުށަހެޅޭ ގޮތް ހަދަން ކޮމިޓީން ފާސްކޮށްފި

ރިޕީޓުކޮށް އެއްކަމެއްގައި ނުވަތަ އެއް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

ސޯމާލިއާ ކައިރިން ކާގޯ ބޯޓެއް ފޭރިގެންފި

ސޯމާލިއާގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ މުދާ އުފުލާ، ކާގޯ ބޯޓެއް ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް، އެ ސަރަހައްދުގެ ކަނޑުމަތީގެ ހަރަކާތްތައް މޮނިޓަކުރާ ފަރާތްތަކުން ބުނެފި އެވެ.

އީރާނާ އެކު ހަދާ އެއްބަސްވުމަށް ހުރަހަކަށްވާ ނަމަ އުމާނަށް ބޮން އަޅާނަން: ޓްރަމްޕް

ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާ ބެހޭ ގޮތުން އެމެރިކާއިން އިރާނާ އެކު ހަދަން އުޅޭ އެއްބަސްވުމަކަށް އުމާނުން "ހުރަސްއަޅާ ނަމަ" އެ ގައުމަށް ބޮން އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ދެއްވައިފި އެވެ.

ނެޝަނަލް ޕޭމަންޓް ސްވިޗް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ދޭން ފާސްކޮށްފި

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގެއްލުނު ޕައިލެޓުންނަށް ވީގޮތެއް އެނގެންދެން ބަލާނީ ގަތަރުގައި ހައްޔަރުކޮށްފައި ތިބި ކަމަށް: އީރާން

އީރާންގެ ގެއްލިފައިވާ ޕައިލެޓުންނަށް ވީގޮތެއް ކަށަވަރުވަންދެން، އެ މީހުން ގަތަރުގައި އަސީރުންގެ ގޮތުގައި ބަންދުކޮށްފައި ތިބި ކަމަށް ބަލާނެ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.

މެމްބަރުންނަށް ލިބޭ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން މަޖިލީހަށް ޕެޓިޝަނެއް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ ޕެޓިޝަނަށް 2000 އަށް ވުރެ ގިނަ މީހުންގެ ސޮއި ހަމަކޮށްފި އެވެ.

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ފީ ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފި

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި، ގަނޑުކޮށް ކޮތަޅު ގަންނަ މީހުންގެ އަތުން ފީ ނުނަގާ ގޮތަށް ކުނި މެނޭޖް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

Loading fresh headlines…