Live 129,726 stories Updated Apr 18, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑު އުރީދުއަށް

އުރީދޫ މޯލްޑިވްސް އިން ފިކްސްޑް ބްރޯޑްބޭންޑްގެ ދާއިރާގައި އެ ކުންފުނި ހޯދަމުން އަންނަ ކުރިއެރުން ދަމަހައްޓައި، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި ކަނޑައަޅައި އޫކްލާ ސްޕީޑްޓެސްޓިން އިން އުރީދުއަށް އެވޯޑު ދީފި އެވެ.

ބޮޑު އަގުގައި ވޯލްޑް ކަޕް ޓިކެޓް ވިއްކުން އިންފަންޓީނޯ ދިފާއުކޮށްފި

އުތުރު އެމެރިކާގެ ތިން ގައުމުގައި ބާއްވާ ވޯލްޑް ކަޕް މެޗުތަކުގެ ޓިކެޓް އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރައްދު ދީފި އެވެ.

އާތީގެ ވަރުގަދަ ޗެލެންޖުން ޓީސީ ބަދަލުކޮށްލައިފި

ނޮވެމްބަރު ފަހުކޮޅު ޓީސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް ބުނެފައި ވަނީ "ދެން ފެންނާނީ ތަފާތު ޓީސީއެއް" ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ނަފުސަށް ނެގި ޗެލެންޖަކަށް ވެދާނެ އެވެ. އެ ޗެލެންޖުގައި އޭނާ މުޅި ޓީސީ ބަދަލުކޮށްލި އެވެ.

އިންތިހާބުގެ ނަތީޖާ އެއްވަރުވި ދާއިރާތަކުގެ ވޯޓުލުން ފަށައިފި

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކަށް މެމްބަރުން ހޮވަން ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ސަރުކާރު ހިންގުމުގެ އޮނިގަނޑާ އެކު ކެބިނެޓަށް ބަދަލު ގެނައީ އިންތިހާބާ ގުޅިގެން: މުންދު

ކެބިނެޓާ އެކު، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނެވީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ރޭ ވިދާޅުވެއްޖެ އެވެ.

އީރާނާ އެކު އެއްބަސްވުމަކަށް އައުމާ ވަރަށް ގާތަށް ދެވިއްޖެ: ޓްރަމްޕު

އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމުމާ އެކު، ސުލްހައިގެ އެއްބަސްވުމަކާ "ވަރަށް ގާތްވެފައިވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ މާއްދާތައް އެމެރިކާއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެ…

އީރާންގެ ބަނދަރުތަކަށް ހުރަސްއަޅާތީ ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކުރަން ޖެހިދާނެ: އީރާން

ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުމާ އެކު ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ނިންމުން ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އަންހެނުން އިތުރުކުރާ އިސްލާހު ފާހެއް ނުވި

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެން މަންދޫބުންގެ އަދަދު އިތުރުކުރުމަށް މަޖިލީހުގެ ގޮނޑިތައް އިތުރުކުރަން ހުށަހެޅި ބިލް އެ މަޖިލީހުގެ ތިރިގެ (ލޮކް ސަބާ) އިން ފާސްނުވެ އިއްޔެ ފެއިލްވެއްޖެ އެވެ.

Loading fresh headlines…