Live 129,706 stories Updated Jun 3, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މި ކުންފުނި ވުޖޫދުގައި ނެތް ކަމަށް ބުނެ ލޯ ފާމުން ހެދީ ދޮގު: ހަމްބޯ

ކޭ-ޕާކް ފްލެޓްތައް ހަވާލުކުރަން ކޯޓުން އަންގާފައިވަނިކޮށް، އެ ހުކުމްތައް ނިސްބަތްވާ "ހަމްބޯ ލިމިޓެޑް" ކުންފުނި ވުޖޫދުން ގެއްލިފައިވާ ކަމަށް ބުނެ އެޑްވަކަސީ ޗެމްބާސް ލޯ ފާމުން ފަތުރާފައިވަނީ ދޮގެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އުސޫލަށް ހިލާފަށް ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރި: އޮޑިޓް

އައްޑޫ ސިޓީ ކައުންސިލުން 2023 އާއި 2024 ވަނަ އަހަރު ސަރުކާރުގެ ސާކިއުލާއާ ހިލާފަށް ރާއްޖެ އިން ބޭރަށް ކުރި ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ދައްކައިފި އެވެ.

ހައްޖުވެރިން އެނބުރި އަންނަން ފެށުމާ އެކު އެއާޕޯޓަށް ބާރުބޮޑުވާނެތީ ފެރީ އާއި ބަސް ބޭނުންކުރަން އިލްތިމާސްކޮށްފި

މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަންނަ ހުކުރު ދުވަހު އަނބުރާ އަންނަން ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ އާއި ބަހުގެ ހިދުމަތް ބޭނުންކުރަން އިލްތިމާސްކޮށްފި އެވެ.

ކާނިވާ ސްޓޭޖް ތަރައްގީކުރަން ދެ އެގްރީމަންޓެއް، ފަހުގެ އެގްރީމަންޓް ބާތިލްކޮށްފި

ހެންވޭރުގައި ހުންނަ އަލިމަސް ކާނިވަލުގެ ސްޓޭޖް ތަޅާލުމަށްފަހު އާ ސްޓޭޖެއް އަޅަން ބަޔަކާ ހަވާލުކުރުމަށް ފަހު އެ އެގްރީމަންޓް ބާތިލުކުރީ އެ މަސައްކަތް އެހެން ބަޔަކާ ކުރިން ހަވާލުކޮށްފައި އޮތުމުންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އީރާންގެ ހަމަލާތަކުގައި ކުވައިތުގެ އެއާޕޯޓަށް ގެއްލުންވެ ބަންދުކުރަން ޖެހިއްޖެ

އީރާނާއި އެމެރިކާއިން ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމަށް ފަހު އަނެއްކާވެސް ހާލަތު ގޯސްވެފައި ވަނިކޮށް އީރާނުން މިއަދު ދިން ހަމަލާތަކުގައި ކުވައިތުގެ އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.

ލޯކަލް މާރުކޭޓުގައި ބިދޭސީ މުވައްޒަފުން ތިބުން މައްސަލައަކަށް ވަނީ ކީއްވެތޯ މޭޔަރު ސުވާލު އުފައްދަވައިފި

ކެފޭ ރެސްޓޯރަންޓުތަކުގައި ބިދޭސީން މަސައްކަތްކުރުން މައްސަލައަަކަށް ވެގެން ނޫޅޭ ކަމަށާއި އެހެންވެ ލޯކަލް މާރުކޭޓުގައި ބިދޭސީ މުވައްޒަފުން ތިބުން މައްސަލައަކަށް ވަނީ ކީއްވެތޯ މާލޭގެ މޭޔަރު އާދަމް އާޒިމް ސުވާލު އުފައްދަވައިފި އެވެ.

ކިނބިދޫ ކައުންސިލް އެސްޖީގެ ކޮއްކޮ ރައީސަކަށް ހޮވުމުން ވެސް މަގާމުގައި ބަހައްޓަން ނިންމައިފި

ތ. ކިނބިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އައިމިނަތު ސަހިއްޔާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، މިފަހަރުގެ ކައުންސިލް އިންތިހާބުގައި ރައީސްކަމުގެ މަގާމަށް އިންތިހާބުވެފައިވާތީ، ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކުރުމަށް ފަހު ދައުރުގެ ބާކީ މުއްދަތުގައި ވެސް އެ ކައުންސިލްގ…

Loading fresh headlines…