Live 125,845 stories Updated Feb 20, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ސިޔާމްގެ މި މިސްކިތުން ދިރުވައިދެނީ ދިވެހީންގެ ފަންނުވެރިކަމާއި ސަގާފަތް

ރާއްޖޭގައި ފަހަކަށް އައިސް ބިނާކުރާ ކޮންމެ މިސްކިތަކުން ފެންނަން ހުންނަނީ ޒަމާނުގެ ކުލަތަކާއި ފަރުމާތަކާއި އަލިތަކެވެ. މިސްކިތުގެ ފުރިހަމަކަން މިނެނީ ތަނުގެ ސައިޒުންނާއި އުސްމިނުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމު ޕީއެންސީ އަށް

ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓްގެ ކެންޑިޑެންސީއާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު، އެ މަގާމު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ކަށަވަރުވެއްޖެ އެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން ރައީސް "ދޮރުންދޮރަށް" ފައްޓަވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވަން "ދޮރުންދޮރަށް" ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިފި އެވެ.

އެޕްސްޓީންގެ އެކުވެރި ޔޫކޭގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

ވިޔަފާރީގެ މަންދޫބެއްގެ މަގާމުގައި ހުންނެވި އިރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި އެވެ.

ބޯޑޯ މި ފަހަރު އިންޓަ ހާސްކޮށްލައިފި

ބޯޑޯ (ފެބްރުއަރީ 19) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރޭ އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާނާ ވާދަކޮށް ނޯވޭގެ ބޯޑޯ/ގްލިމްޓް އަމިއްލަ ދަނޑުގައި 3-1 އިން މޮޅު ވެއްޖެ އެވެ.

ހިޔާ އާއި ވެށިފަހި ކެޓަގަރީން ފްލެޓަށް ހުށަހެޅުމުގައި ލުޔެއް

"ބޯހިޔާވަހިކަން އެންމެންނަށް" ގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، އޭގައި ހިމެނޭ ހިޔާ ވެށިފަހި ކެޓަގަރީ އަށް ހުށަހެޅުމުގައި ހައުސިން މިނިސްޓްރީން ލުޔެއް ދީފި އެވެ.

Loading fresh headlines…