މޯލްޑިވްސް އިސްލާމިކް ބޭންކާއި ސޮނެވާ
ނަމޫނާ އަދި ރ. ފައިނު ކައުންސިލް ގުޅިގެން އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި
ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކުރުމަށް ހިންގި ހާއްސަ މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އެމްއައިބީން ބުނީ މިއީ ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން
ފައިނުގައި ވެސް "ނަމޫނާ ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ މޮޑެލް"
ކުރިއަށް ގެންދިއުމަށް އެ ރަށުން ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން ކުރިއަށް
ގެންދިޔަ ހާއްސަ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއަކީ، އެމްއައިބީގެ މާލީ އެހީތެރިކަމާއި ސޮނެވާ ނަމޫނާގެ ފަންނީ
ތަޖުރިބާއާ އެކު ރަށުގެ މުޖުތަމައު ބައިވެރިކޮށްގެން ކުނި މެނޭޖްކުރާނެ ވަރުގަދަ
ބިންގަލެއް އެޅުމަށް ހިންގި ޕްރޮގްރާމެއް ކަމަށް ބުންޏެވެ. 

ފައިނުގައި ކުރިއަށް ގެންދިޔަ ކުނި މެނޭޖުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން.

ފައިނުގައި ކުރިއަށް ގެންދިޔަ ކުނި މެނޭޖުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން.

އެ ޕްރޮގްރާމްގެ ދަށުން 7 ދުވަހުގެ ކުނީގެ އޮޑިޓެއް
ހެދުމާއި، "ނަމޫނާ ޗޭންޖްމޭކާ" ވޯކްޝޮޕް ބޭއްވުމުގެ އިތުރުން ފައިނަށް
ހާއްސަ ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވާލައި، ކުނި މެނޭޖްކުރާ
މުވައްޒަފުންނާއި ރައްޔިތުން ހިމެނޭހެން 50 އަށްވުރެ ގިނަ މީހުން ވަނީ
ތަމްރީނުކޮށްފަ އެވެ. މީގެ އިތުރުން "ކާޑުގެ ސަތޭކަ" ޕްރޮގްރާމްގެ ދަށުން
ގޭބިސީތަކުން އުފެދޭ ކާބޯތަކެތީގެ ކުނި މަދުކުރުމަށްޓަކައި އެ ރަށުގެ 25 ގެއަކަށް
ގޭގައި ކޮމްޕޯސްޓް ކުރާނެ ކިޓުތައް ވަނީ ހަދިޔާކޮށްފަ އެވެ.

ފައިނުގައި ކުރިއަށް ގެންދިޔަ ކުނި މެނޭޖުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން.

ފައިނުގައި ކުރިއަށް ގެންދިޔަ ކުނި މެނޭޖުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން.

އެމްއައިބީން ބުނީ އެ މަޝްރޫއުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ
ފައިނުގެ ކުނި މެނޭޖްކުރާ ޕްލޭނަށް ބަދަލުތަކެއް ގެނެސް ސޮނެވާ ނަމޫނާގެ މޮޑެލް
ހިމެނުމާއި، 2026 ވަނަ އަހަރުގެ ނިޔަލަށް އެ ރަށުގައި ޕްލާސްޓިކް އެންދުން އެއްކޮށް
ހުއްޓާލުމަށާއި، 2030 ގެ ނިޔަލަށް ރަށުގައި ހާމަކަން ބޮޑު ގޮތެއްގައި ކުނި
އެންދުން މުޅިން ހުއްޓާލުމަށް ވައުދުވުން ކަމަށެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ
މަސައްކަތްތައް ނިމިފައިވާއިރު، އެ ނިޒާމުގެ ސަބަބުން ރަށުގެ މުޖުތަމައަށް
ދިގުމުއްދަތަކަށް ކުރާނެ ފައިދާތައް ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން
މިހާރު ދަނީ ފޮލޯ-އަޕް އެސެސްމެންޓްތައް ހަދަމުންނެވެ.