Live 125,826 stories Updated Mar 22, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އާޓިފިޝަލް ބީޗުގައި ވޯލްޑްކަޕާއި ޕްރޮގްރާމުތައް ދައްކަން ލެޑް ސްކްރީނެއް ބަހައްޓަނީ

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ލެޑް ސްކްރީނެއް ހަރުކޮށް، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއި މުޖުތަމައުއަށް ފައިދާ ހުރި އެހެން ޕްރޮގްރާމުތައް ފެންނާނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އައްޑޫގައި ހިނގި ކާރު އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ މާލެއަށް؛ އޮތީ ވެންޓިލޭޓަރުގައި

އައްޑޫ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

މަގު ހެދުމުގެ ތިންވަނަ ފިޔަވަހި ފެށުން: ނަސަންދުރާ އިން ފެށިގެން ޗާންދަނީ މަގާ ހަމައަށް މަގު ބަންދުކުރަނީ

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް މާދަމާ ފަށާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެންނަން ފުލުހުން ނިންމައިފި އެވެ.

ބޯޓެއްގެ މިލްކުވެރިކަން ހޯދަން ޔުނައިޓެޑް ކޯ އޯނަރު ރެޓްކްލިފް ކޯޅެނީ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯއޯނަރު ޖިމް ރެޓްކްލިފްގެ އައިނިއޯސްއިން އިނގިރޭސި ކުރީގެ އޮލިމޕިކް ތަރި ބެން އިންސްލީއާ ދެކޮޅަށް 180 މިލިއަން ޕައުންޑްގެ ރޭސިން ބޯޓެއްގެ މިލްކުވެރިކަމާ މެދު ބޮޑު ގާނޫނީ ކޯޅުމެއް އުފެދިއްޖެ އެވެ.

ފޯޅަވައްސަށް ހަމަލާ ނުދޭ ކަމަށް އީރާނުން ބުނެފި

އީރާނާ 4،000 ކިލޯމީޓަރު ދުރުގައިވާ، އެމެރިކާ އާއި ޔޫކޭގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) އަށް އަށް އަމާޒުކޮށް އީރާނުން ދެ މިސައިލެއް ފޮނުވާލި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އާއި އީރާންގެ ނިއުސް އެޖެންސީތަކުން ބުނެފައި ވިޔަސް އެއީ ދޮގެއް ކަމަށް އީރާންގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ވެސް ތެލުގެ ދެ ޝިޕްމަންޓު އެސްޓީއޯ އިން ގެނައި: ސައީދު

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ކުރިން ތާވަލު ކޮށްފައިވާ ގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ ދެ ޝިޕްމަންޓު އެސްޓީއޯ އިން ރާއްޖެ ގެނައި ކަަމަށް އިކޮނޮމިކް މިނި…

Loading fresh headlines…