Live 129,630 stories Updated Aug 28, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ވެސް ރާއްޖެ އަށް ހޫނުގަދަވާނެ ކަމަށް ލަފާކޮށްފި

ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ބޭރުގެ ކުންފުނިން ޕާސްޕޯޓް ބުކްލެޓް ފޮނުވުން ލަސްވުމުން ވަގުތީ އިންތިޒާމްތަކެއް ހަަމަޖައްސައިފި

ރާއްޖޭގެ ޕާސްޕޯޓް ބުކްލެޓް ތައްޔާރުކުރާ ޖަރުމަނުގެ ކުންފުނިން ބުކްލެޓް ފޮނުވުން ލަސްވެ، ބުކްލެޓް މަދުވެފައި ވާތީ އެކަމުގައި އާއްމުންނަށް ދައްޗެއް ކުރިމަތި ނުވާނެ ގޮތަށް ޕާސްޕޯޓް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީ އިންތިޒާމްތަކެއް ހަމަޖައްސައިފި އެވެ.

އަންހެނުންގެ ގާބިލްކަން އިތުރުކުރުމަކީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލު: ފަސްޓް ލޭޑީ

ގައުމެއް އާރާސްތުކުރުމުގައި ޖޯޝާއި ވިންދު ކަމުގައިވާ އަންހެނުން ބާރުވެރިކުރުމަކީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭން ގާނޫނީ އެއްވެސް ހުރަހެއް ނެތް

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ބޭރު ފައިސާގެ ގާނޫނު ފާސްކުރުމާ އެކު ހާއްސަކޮށް ރިސޯޓް މުވައްޒަފުންގެ ތެރޭގައި އުދާސްތަކެއް ވަނީ އުފެދިފަ އެވެ. އެއާ އެކު، މިވަގުތު ޑޮލަރުން މުސާރަ ލިބޭ ރިސޯޓް މުވައްޒަފުންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ފައިސާ އަށް ބަދަލުކުރަން އުޅޭކަމުގެ އަޑުތަކުގެ އަޑު ވަ…

ހައުސް އޮފް ނަދާ: ދޮރު ހުޅުވުނީ ކޮޕީގެ ތުހުމަތަށް!

އެންމެ ޒުވާން އުމުރުގައި ފެށި ސެލޫން ފުޅާކޮށް، ބިއުޓީ އިންޑަސްޓްރީގައި އަމިއްލަ ބްރޭންޑަށް ފައްކާކުރި އެވެ. ފާއިތުވި 20 އަހަރުގެ މަސައްކަތުން ފާތިމަތު ނަދާ ގްލޭމް ނަދާގެ ގޮތުގައި ފަނޑުވިޔަ ނުދީ ހިފެހެއްޓި އެވެ.

ޖަލުގައި ހުރެ ޖެހުނު ސްޓްރޯކްތަކަށް ފަހު ބޮސްނިއާ ހަނގުރާމައިގެ މުޖުރިމު މްލަޑިޗް މަރުވެއްޖެ

ސްރެބްރެނިކާ ގަތުލުއާމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ ހަނގުރާމައިގެ މުޖުރިމެއްގެ ގޮތުގައި ހުކުމް އިއްވާފައިވާ ބޮސްނިއާގެ ސާބުންގެ ކުރީގެ އަސްކަރީ އިސްވެރިޔާ ރަޓްކޯ މްލާޑިޗް، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު މަރުވެއްޖެ ކަމަށް އދ. އިން ބުނެފި އެވެ.

ނޭޕާލުގައި ފެންބޮޑުވި ހާދިސާގައި ދިވެއްސަކަށް އަސަރެއް ނުކުރޭ، އެހީ ބޭނުންވާނަމަ އަންގަން އެދިއްޖެ

ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި އިއްޔެ ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގައި އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ އަންގަން ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

ކުޑޫއަށް "ޖިސްމާނީ ގެއްލުމެއް" ދޭން އުޅޭތީ ޕޮލިހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އަށް "ޖިސްމާނީ ގެއްލުމެއް" ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން އެ މައްސަލަ ފުލުހުންނަށް ހުަށަހަޅާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…