Live 128,349 stories Updated Jul 30, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ލަންކާގައި ޕެރަމޯޓާއެއް ވެއްޓި ފަލަސްތީނު ޓޫރިސްޓަކު މަރުވެއްޖެ

ސްރީ ލަންކާގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސަރަހައްދެއް ކަމަށްވާ ބެންޓޮޓާގައި، އިންޖީނުލީ ޕެރަޝޫޓް (ޕެރަމޯޓާ) އެކްސިޑެންޓެއްގައި ފަލަސްތީނުގެ އަންހެން ޓޫރިސްޓަކު އިއްޔެ މަރުވެއްޖެ އެވެ.

އާ ގޮތްތައް ހޯދައިގެން ރާއްޖެ-ލަންކާގެ ވިޔަފާރި ވަރުގަދަކުރަންވެއްޖެ: ލަންކާގެ މިނިސްޓަރު

އާދަކާދައިގެ މަތިން ކުރަމުން އަންނަ ވިޔަފާރީގެ އިމުން ބޭރަށް ނުކުމެ، ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމަށް، ސްރީ ލަންކާގެ ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯ-އޮޕަރޭޓިވް ޑިވެލޮޕްމަންޓް މިނިސްޓަރު ވަސަންތަ ސަމަރަސިންހަ އިއްޔެ ގޮވާލައްވައިފި …

އެމްޑީޕީން އިޒްރޭލަށް ތާއީދެއް ނުކުރާނެ: ނަޝީދު

އެމްޑީޕީން ދުވަހަކު ވެސް އިޒްރޭލަށް ތާއީދު ނުކުރާނެ ކަމަށާއި އެ ޕާޓީ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އިންފަންޓީނޯގެ ސިޓީއެއް: ޕްލޭނަށް ތާއީދުކުރާ ގައުމުތަކަށް 20 މިލިއަން؛ ނުކޮށްފިނަމަ 30 މިލިއަން ގެއްލޭނެ

ވޯލްޑް ކަޕާއި ފީފާގެ އެހެން މުބާރާތްތަކުގެ ވިޔާފާރި ޕްރޮޖެކްޓުން ހިއްސާ ވިއްކުމަށް ފީފާއިން ގެންގުޅޭ ޕްލޭނަށް ތާއީދު ނުކޮށްފިނަމަ 30 މިލިއަން ޑޮލަރު މެންބަރު ގައުމުތަކަށް ގެއްލޭނެ ކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފެންޓީނޯ އަންގަވައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްރީ ލަންކާގައި ކްރިޕްޓޯ އެސެޓްތައް ރެގިއުލޭޓްކުރަން ފަށަނީ

ސްރީ ލަންކާގައި ކްރިޕްޓޯކަރަންސީ އާއި ވާޗުއަލް އެސެޓްތަކުގެ ވިޔަފާރި ގާނޫނީ އިމުގެ ތެރެއިން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް، އެ ގައުމުގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަކީ ރަސްމީ ރެގިއުލޭޓަރީ އިދާރާގެ ގޮތުގައި ހަމަޖައްސަން ސްރީ ލަންކާގެ ކެބިނެޓުން ނިންމައިފި އެވެ.

މެދުކެނޑުމަކަށް ފަހު އީރާނަށް އެމެރިކާގެ "ވަރުގަދަ" ހަމަލާތަކެއް

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ކުއްލި ހަމަލާއެއް ދިނުމުން ބަދަލުހިފަން ކަމަށް ބުނެ އެމެރިކާއިން ބުދަ ދުވަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފި އެވެ.

ޕޯޓު އޮޕަރޭޝަންގެ 80 ޕަސެންޓް ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރާނެ: ރައީސް

މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރި ނަމަވެސް، ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…