މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން
އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.
މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއަރުވައި އެ ދާއިރާގައި
ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ހިދުމަތްތެރިންނާއި ގެސްޓްހައުސްތަކުގެ އިތުރުން
ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑެކެވެ.
މި އެވޯޑުގައި ޖުމްލަ ތިން ކެޓަގަރީއަކުން 20 އެވޯޑު
ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ދެ ޓިއާއަކަށް ބަހާލައިގެން
ގެސްޓްހައުސްތަކަށް ދޭ 16 އެވޯޑާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތެރިންނަށް ދޭ އިންޑިވިޖުއަލް ތިން އެވޯޑުގެ އިތުރުން "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން
އައިލެންޑް" ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑު
ހިމެނެ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަނުން އެންޑޯސްކޮށްފައިވާ މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން ކުރިއަށްގެންދަނީ ކްރޯ މޯލްޑިވްސް އިންނެވެ.