Live 352,031 stories Updated Jul 20, 2026
Browse topics All stories

Latest stories

Live feed

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުން ކުރަމުން އަންނަ ބޭކާރު ޚަރަދުތައް ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހުގައި ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޖޫން މަހު ޕީޖީ އޮފީހަށް 265 މައްސަލައެއް

ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ބަލައިގެންފައިވާކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު، އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިރޭގެ ފައިނަލް މެޗަށް ފަހު އުފާފާޅުކުރަން އެއްވުންތައް ނުބާއްވަން އެދެފި

ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ޖުލައި ޢުމްރާއަށް 4،000 އަށްވުރެ ގިނަ ދިވެހިން

މި ޖުލައި މަހު ރާއްޖެއިން ޢުމްރާގެ އަޅުކަމަށް 4،000 އަށްވުރެ ގިނަ މީހުން ފުރާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ދުވަސްވަރު ރާއްޖެއިން ޢުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދު އިތުރުވެފައިވަނީ މިއީ ސްކޫލް ޗުއްޓީއަށް ވުމުގެ ސަބަބުންނެވެ. ރާއްޖެއިން ޢުމ…

އީރާނުން ހޮރްމޫޒް ކަނޑުއޮޅިއަށް ބާރު ފޯރުވަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް: ޖީސީސީ/އީޔޫ

ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ކުރަމުންދާ ދައުވާތަކާއި، އެ ސަރަހައްދު ބަންދުކުރުމަށް އަމިއްލައަށް ނިންމި ނިންމުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ދެކޮޅު ހަދައި، އެކަން ކުށްވެރިކޮށްފި އެވެ.

Loading fresh headlines…