Live 359,060 stories Updated Sep 22, 2026
Browse topics All stories

Latest stories

Live feed

ވޭޕްގެ ވިޔަފާރިކޮށް މަނިލޯންޑަރ ކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.

ޕީއެންސީގެ ބޮޑު ވަފުދެއް ޕާކިސްތާނަށް!

ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ 15 މެމްބަރުން ހިމެނޭ ވަފުދެއް ޕާކިސްތާނަށް މިއަދު ފުރާވަޑަައިގެން އެވެ.

ޢިލްމީ މަސައްކަތްތައް ކުރިއެރުވުމަށް އައިޔޫއެމްއިން 5 ގްރާންޓް ސްކީމް

ދިރާސީ އަދި ޢިލްމީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި 5 ގްރާންޓް ސްކީމެއް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިޢުލާންކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންސްއިން މިއަހަރަށް ޚާއްސަކޮށްފައިވާ ގްރާންޓެކެވެ. މިގްރާންޓް ސްކީމްގެ ޖުމުލަ އަގަކީ …

ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް

ވަޒީފާގެ ބިރުގައި ރައްޔިތުން ލައްވާ ކުރުވާ ކަންކަމަށް ތާއީދު އޮތުމެކޭ ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ވަގަށް ވަދެ އުޅެނިކޮށް އަޑިއަށް ދިޔަ ދެ ބޯޓު ވީ ތަނެއް އަންގައިދޭން އެދިއްޖެ

ހުއްދަ ހޯދުމެއް ނެތި ރާއްޖެ ވަދެ އުޅެނިކޮށް އައި ގަދަ ކޮޅިގަނޑެއްގައި އޮޔާ ގޮސް އެންމެ ފަހުން އަޑިއަށް ދިޔަ ދެ ބޯޓު ވީ ތަނެއް ސާފުކޮށްދޭން އެ ދެ ބޯޓުގެ ކެޕްޓަން ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި އެދިއްޖެ އެވެ.

އޮޔާ ދިޔަ ދެ ބޯޓުން ފަރަށް ބޮޑު ގެއްލުމެއް ނުލިބޭ: އީއާރްއޭ

އޮޔާ ގޮސް ސިނަމާލެ ބްރިޖްގައި ޖެހުނު ދެ ބޯޓް ފަރަށް އުރުމުގެ ސަބަބުން މާލޭގެ ފަރަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)ގެ ސާވޭ އިން ދައްކައިފި އެވެ.

ފިތުރޯނު ގަސްތައް ކެނޑި ސަރަހައްދުގައި ހަ ވައްތަރެއްގެ ގަސް އިންދައި، ޕާކެއް ހަދަނީ

ހުޅުމާލޭގައި މެރީ ބްރައުން ހިންގާ އިމާރާތުގެ ކުރިމަތިން ވަރަށް ބޮޑަށް ހިޔާވާ ގޮތަށް ހެދިފައި ހުރި ފިތުރޯނު ގަސްތައް ނަގައި، އެތަނުގައި އެހެން ވައްތަރެއްގެ ގަސްތަކެއް އިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އުމުރުން ދުވަސްވީ މީހުން ސްކޭމަށް އަހުލުވެރިކުރުވަން އުރީދޫން ފުލުހުންނާ ގުޅިގެން ހާއްސަ ސެޝަނެއް

އުރީދޫ އާއި ފުލުހުން ގުޅިގެން މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓްރަސީ އަދި ސްކޭމް އެވެއާނަސް ސެޝަނެއް ބާއްވައިފި އެވެ.

Loading fresh headlines…