Live 358,840 stories Updated Oct 9, 2026
Browse topics All stories

Latest stories

Live feed

އެފްއޭއެމްގެ މަސައްކަތްތަކަށް ވަޒީރުގެ ތައުރީފް

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުބާރާތްތައް ބާއްވާ، އެ އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ތައުރީފު ކުރައްވައިފިއެވެ. މެދު ކެނޑުމަކަށްފަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) …

އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ އިލާން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އެ އެސޯސިއޭޝަންގެ އެވޯޑް ނައިޓުގައި، ހޮވި އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް މާޒިޔާގެ އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ހޯދައިފިއެވެ. މާޒިޔާ އަދި ޒުވާން ގައުމީ ޓީމުގައި ވެސް މިދިޔަ ސީޒަނުގައި މޮޅ…

އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިއާގެ އެވޯޑް ޝާލިޔާއަށް

ރާއްޖޭގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމް 4 ވަނަ ފަހަރަށް ފާތުފަތު ޝާލިޔާ ހޯދައިފިއެވެ. ޝާލިޔާ ވަނީ މީގެކުރިން 3 ފަހަރު އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދުމަށްފަހު ފުޓުބޯޅަ އާއި ދުރަށްޖެހިލުމަށްފަހު ފުޓްސަލްއަށް ބޮޑަށް ސަމާލުކަން ދީފައެވެ. ޝާލިޔާ އަލުން ރާއްޖޭގެ ޤައުމީ ފުޓުބޯޅ…

އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިލްވާ، ރެފްރީއަކަށް ސިނާން

އަހަރުގެ އެންމެ މޮޅު ބިދޭސީ ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މިޑްފިލްޑަރ ލުއިސް ގޮމޭސް ޑަސިލްވާ ހޯދައިފިއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާއަށްދޭ އެވޯޑް ސިލްވާއަށް ދިނީ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑ…

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑު އިމްރާނަށް

ރާއްޖޭގެ ތާރީޚުގައި ވެސް ރަސްމީ އިދާރާއަކުން، ރަސްމީ ހައިސިއްޔަތު ދީގެން ހޮވި، އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑު ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) ހޯދައިފިއެވެ. އިމްރާނާ މި އެވޯޑު ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއ…

ދުނިޔޭގެ ތެލުގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށް

ދުނިޔޭގެ ބާޒާރަށް ނެރެވެންހުރި ތެލުގެ ރިޒާވް ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި، އޭގެ ސަބަބުން ބާޒާރުގެ ނާޒުކުކަން އިތުރުވެ، ތެލުގެ އަގު އިންތިހާއަށް އުފުލިދާނެ ކަމުގެ އިންޒާރު ހަކަތައިގެ ދާއިރާގެ އިސް ވެރިން ދެއްވައިފިއެވެ. މި އިންޒާރު ދެއްވާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގަ…

ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް އައިހަމް

ފާއިތުވީ ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާގެ މަގާމް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޤައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަޙްމަދު އައިހަމް ހޯދައިފިއެވެ. އައިހަމްއާ މި އެވޯޑު ހަވާލުކޮށްފައި ވަނީ ހުޅުމާލޭގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގައި ބޭއްވި އެފްއޭއެމް އެވޯޑްސް 20…

ޤައުމީ ޓީމުތަކުން ހޯދި ކާމިޔާބީތަކުގެ އަގު ވަޒަންކޮށްފި

ޤައުމީ ޓީމުތަކުން ހޯދި ކާމިޔާބީތައް ފާހަގަކޮށް ގައުމީ ފުޓުބޯޅަ ޓީމާއި، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންގެ އަގު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަޒަންކޮށްފިއެވެ. ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ ލަންކާގައި މިދިޔަ އަހަރު ކުރިއަށްދިޔަ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މި މުބާރާތުގައ…

އިހުސާން، އާރިފް އަދި އިފްރާހަށް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފި

ދިވެހި ފުޓުބޯޅައަށް އިހުސާން އަބްދުލް ޣަނީ (ސާންތީ)، މުހައްމަދު އާރިފް (ބަކާ) އަދި އިބްރާހީމް އިފްރާހް އަރީފް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފިއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވޯޑްސް ނައިޓު ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔައިރު، މި އެވޯ…

Loading fresh headlines…