Live 355,733 stories Updated Jan 8, 2026
Browse topics All stories

Latest stories

Live feed

އިލްމުވެރިންނަކީ "މުރުތައްދު ވެފައިވާ ބައެއް" ކަމަށް ރީކޯ މޫސަ ވިދާޅުވި މައްސަލަ ޕޮލިހަށް

ރާއްޖޭގެ އިލްމުވެރިންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި އިލްމުވެރިންގެ ގުޅުމުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރަމަޟާން މަހުން ފެށިގެން އަވަސް އެޕުން ޒަކާތް ދެއްކޭނެ

އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. …

ސިޓީގެ ޖާދޫ ގެއްލި އާސެނަލްއަށް ބޮޑު ފުރުޞަތެއް، ޔުނައިޓެޑަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި މެންޗަސްޓަރ ސިޓީން ދައްކަމުން އައި ޖާދޫ ގެއްލި، މި ސީޒަނުގެ ތަށި ހޯދުމުގެ ރޭހުގައި އާސެނަލްއަށް ފުރުޞަތު ފަހިވެއްޖެއެވެ. ލީގުގަައި ރޭ ބްރައިޓަންއާ ދެކޮލަށް ކުޅެ ސިޓީ ވަނީ 1-1އިން އެއްވަރުވެފައެވެ. މިއާއެކު މި ވަގުތު 20 މެޗު ކުޅެފައިވާ …

ލުބްނާންގެ ދެކުނުގައި ގެންގުޅޭ ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެސްފި

ލުބްނާންގެ ދެކުނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތުގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ބުނެފިއެވެ. ލުބްނާންގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތްތަކުގެ އަތުގައި ހުރި ހަތިޔާރު އަތުލުމަށް މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުން ވަނީ …

ރާއްޖެ-ލަންކާގެ ބޯޑާ ކޮންޓްރޯލް އުވާލައިފި ނަމަ ދެ ގައުމަށް ފައިދާވާނެ: ނަޝީދު

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލުމަކީ ދެ ގައުމަށް ވެސް ފައިދާވާނެ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރަނގަޅު ފޯމެއްގައި އޮތް އިންޓާއަށް ޕާމާ އަތުން މޮޅެއް

އިޓާލިއަން ލީގުގައި ރޭ ޕާމާގެ މައްޗަށް ހޯދި މޮޅާއެކު، އިންޓާ މިލާނުން ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ. ޕާމާގެ ދަނޑުގައި ކުޅުނު މި މެޗުން އިންޓާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕާމާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓަން ފުރުސަތުތައް …

މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ "ރައްކާ" ކެމްޕެއިން ފަށައިފި

މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާޙުކޮށްފިއެވެ. މި ހަރަކާތްތައް އިފްތިތާޙު ކޮށްފައިވަނީ މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލު ނަވީންއެވެ. "ރައްކާ"ގެ ހަރަކާތްތަކަކީ މަގުމަތީގެ ސަލާމަތ…

Loading fresh headlines…