ލޭ ލިބުމުގައި ދަތިތަކެއް، ހަދިޔާކުރަން ފަސްނުޖެހެމާ!
މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ވީހާވެސް ގިނަ ފަރާތްތަކަކުން ލޭ ހަދިޔާ ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން އެދިއްޖެއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 6 ބާވަތެއްގެ ލޭ ވަރަށް އަވަހަށް އެ ސަރވިސްއަށް ބޭނުންވާ ކަމަށެވެ.