ކައުންސިލް އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާއިރު، އޭސީސީއަށް އެ މަންޒަރެއް ނުފެނޭ: ވަހީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، އެމަންޒަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުފެންނަ ކަމަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.