އިންޓަރނަލް އޮޑިޓް އާއްމުކޮށް ހާމަކުރުމަކީ ފޮރުވުމެއް ނެތި ކައުންސިލް ހިންގަމުންދާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް: އާޒިމް
މާލެ ސިޓީ ކައުންސިލްގެ ދިގު މާޒީގައި ފުރަތަަމަ ފަހަރަށް އިންޓަރނަލް އޮޑިޓެއް ހިންގާ އާއްމު ކުރުމަށް ތައްޔާރުވެފައި ވުމަކީ ފޮރުވުމެއް ނެތި ސިޓީ ކައުންސިލްގެ މަސައްކަތްތައް އެ ކައުންސިލުން ހިންގަމުންދާ މިންވަރު ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.