Live 344,544 stories Updated Dec 17, 2025
Browse topics All stories

Latest stories

Live feed

ޓީޖީއެސްޓީ އިތުރުވެ، އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. މާލީ ކަންކަމާބެހޭ ވުޒާރާއިން އާންމ…

ބިޑަކާ ނުލައި ބަހާލި 206 މަޝްރޫއުތަކުގެ މައްސަލަ ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ: ޒަރިޔަންދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ހާޒިރުވެ އިންނަވާ 53 ކުންފުންޏަކަށް ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫއު ބަހާލި މައްސަލަ ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ވެސްޓް ބޭންކުގައި އިޒްރޭލުން ވަޒަންވެރިވުމަށް ނިންމުމުން އެކަން ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުގެ ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގެ 19 ސަރައްދެއްގައި ވަޒަންވެރިކަން ގާއިމުކުރުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން އެކަން ދިވެހި ދައުލަތުން އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފި އެވެ.

އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭ ގޮތައް ހަދައިފި

ކުރީ ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ ސްކީމުތަކުން އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންނަށް އެ ފްލެޓް ދޫ ކޮށްލުމުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޭ ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތި ލެވޭ ގޮތަށް ފްލެޓް ދިނުމުގެ އުސޫލަށް ބަދަލު ގެނަސްފި އެވެ.

Loading fresh headlines…