އުލިގަމު ޔޮޓް މެރީނާ ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
އާންމުކޮށް ބޭރުގެ ޔޮޓްތައް ބަނދަރުކުރާ ހއ. އުލިގަމުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޔޮޓް މެރީނާގެ ޑިޒައިން އަދި އިމާރާތްކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އިއުލާންކޮށްފި އެވެ.