Live 344,350 stories Updated Dec 24, 2025
Browse topics All stories

Latest stories

Live feed

ޒިންމާދާރު މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން މުހިއްމު: ރައީސް

ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް، ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ދެމެހެއްޓެނިވި އަދި މާނަވީ ތަރައްޤީއަށް މަގުފަހިވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށް މުހިއްމު ގިނަ…

އަންނަ އަހަރުގެ ނިޔަލަށް އުރީދޫގެ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ އޭޓީވީ ޕްރޮމޯޝަން ތައާރަފްކޮށް، 2026 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ"

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސް…

‏އެއްބަސްވުމާ ޚިލާފުވެ ޣައްޒާއިން ނުފައިބާނެ ކަމަށް ޔަހޫދީން އިޢުލާނުކޮށްފި

ޔަހޫދީ ސިފައިން ޣައްޒާއިން ދުވަހަކު ވެސް ނުފައިބާނެ ކަމަށް ޔަހޫދީ ދިފާޢީ ވަޒީރު އިސްރާއިލް ކެޓްޒް ބުނެފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ދެ އަހަރު ދުވަހަށް ފަހު ނިމުމަކަށް އައިސްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދު…

ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިންނަކީ ޒުވާނުން: ރައީސް

މުސްތަޤްބަލު އުޖާލާ ކުރެވޭނީ ޒުވާނުންގެ އަޑު މިއަދު އަހައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފައްޓަވައިދެއްވުމުގެ ގޮތުން …

ކާމިޔާބު ލިބޭނީ ކުޅިވަރުގެ އަޚުލާޤު ހިފެހެއްޓިގެންކަމަށް ނަޒީހު ބުނެފި

ކާމިޔާބު ލިބޭނީ ކުޅިވަރުގެ އަޚުލާޤު ހިފެހެއްޓިގެންކަމަށާއި ހަމައެކަނި މެޗަށް ނުކުމެ އެތުރިލުމަކުން ކާމިޔާބެއް ނުލިބޭނެކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. މިމަހުގެ 19 ވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި 5-1 ގެ ބޮޑު ތަފާތަކުން ޔޫވީގެ މައްޗަށް…

ބަލިވިކަމަށްވިޔަސް ވެލެންސިއާއިން ދެއްކި ކުޅުމަށް އައްސަރިބަހާއި ސާބަސް: ފެސްކޯ

ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާއި ވާދަކޮށް ބަލިވި ނަމަވެސް އެމެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ހައްގުކަމަށް ވެލެންސިއާގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ. ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުނު މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން މުޖުތަބާ …

ވިމެންސް ލީގު ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ދިހަވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ފުރަތަމަ އަންހެން ފުޓުބޯޅަ މުބާރާތް "އެފްއޭއެމް ވިމެންސް ލީގު 2025" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ނައިބު ރައީސް ވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ލީގ…

Loading fresh headlines…