Live 343,929 stories Updated Jan 6, 2026
Browse topics All stories

Latest stories

Live feed

ވާނުވާގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ: ކްރިމިނަލް ކޯޓު

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ދައުރުން ބޭރުގައި ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް، މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް: މެމްބަރު ކުޑޫ

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށާއި މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު, މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

"މަޝްރޫޢުތައް ހަވާލުކުރަނީ ކުންފުނިތަކުގެ ފަންނީ ޤާބިލު ކަމަށް ބަލައިގެން"

ސަރުކާރުން މިހާރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެ މަސައްކަތްތައް ހިންގޭނެ ފަދަ ފަންނީ އަދި މާލީ ޤާބިލުކަން ހުރި ކުންފުނިތަކާ ހަވާލުކުރައްވައިގެން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ހއ. ދިއްދޫ އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ މަޝްރޫއ…

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު %87 އިތުރު

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ. މަރުކަޒީ ބޭންކުގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %87 އިތުރުވެފައެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025ވަނަ އަހަރުގެ …

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފި

ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފަވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓިން ވިދާޅުވެއްޖެއެވެ. އެންޑީއެމްއޭއިން ވިދާޅުވި އެހީތެރިކަން ފޯރުކޮށްދީފަވަނީ، އަލިފާން ރޯވި އިމާރާތަ އިންވެގެން ހުރި ގޭގެ އެޕަރޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެގެން …

Loading fresh headlines…