Live 358,638 stories Updated Oct 16, 2026
Browse topics All stories

Latest stories

Live feed

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިންޑިއާއިން އިތުރުކޮށްދީފި

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ރާއްޖެއަށް ދޫކުރި 30 ބިލިއަން ރުޕީސް (319 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރު ކޮށްދީފި އެވެ.

ޣައްޒާއަށް ވިޔަފާރި މުދާ އެތެރެކުރުން ހުއްޓުވައި، ހައިހޫނުކަމުގެ ބިރުވެރިކަން!

ފަލަސްޠީނުގެ ޣައްޒާގެ ވިޔަފާރިވެރިންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމްޢާތާ ދެމެދު ޓެކުހުގެ މައްސަލަތަކެއް އުފެދިފައިވާ ކަމަށް ބުނެ، ޣައްޒާއަށް ވިޔަފާރި މުދާ އެތެރެވުން ހުއްޓިފައިވާތާ ދެ ދުވަސް ވެފައިވާ ކަމަށް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. ޔަހޫދީ ދައުލަތުގެ…

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިރާޤަށް

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް އިރާޤަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު އެޖެންޑާގައި ހިމެނެނީ ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކުރުމާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އަ…

ސަޢުދީގައި ހުރި ބޭރުގެ ކުންފުނިތަކުގެ އޮފީސްތައް ބަންދުކުރަނީ

ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ޙޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖޭޕީމޯގަންއާއި ދޮއިޗެ ބޭންކް ފަދަ ބައިނަލްއަޤުވާމީ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ހުއްދަ ދީފިއެވެ. މީގެ އިތުރުން، އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި، ފްރޭންކްލ…

އީރާނުގެ ހަމަލާތަކުގައި ގަލްފުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުން

ހަނގުރާމަ ފެށުނީއްސުރެ އީރާނާއި އެ ޤައުމުން ވާގިވެރި ހަތިޔާރު އެޅި ޖަމާޢަތްތަކުން، ގަލްފުގެ ޤައުމުތަކުގެ އިޤްތިޞާދީ އަދި ސިނާއީ މައި އުމްރާނީ ވަޞީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީ، މުޅި ސަރަޙައްދަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ރޮއިޓަރސް ނޫހުން ކުރި ޚާއްސަ ތަ…

ޓްރަމްޕްގެ ހަނގުރާމައާ ހެދި ޝިޕިންގ ރޭޓުތައް ރެކޯޑު މިންވަރަކަށް އުފުލިއްޖެ

އެމެރިކާއިން ޖަޕާނަށް 2 މިލިޔަން ފީފާގެ ތެޔޮ ހިފައިގެން ނޮވެންބަރު މަހުގެ ފަހުކޮޅު ދަތުރުކުރާ 'އެސްޓީމް އެކްސްޕްލޯރަރ' ބޯޓުގެ ދަތުރަށް 81 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. މިދިޔަ އަހަރު އެވުރެޖުކޮށް މި ކަމަށް ޚަރަދުވީ 9.1 މިލިޔަން ޑޮލަރެވެ. މި ބޮޑު ބަދަލާއެކު ތެޔޮ ފީފާއަކުން ޝިޕިންގއަށް 40.50…

Loading fresh headlines…