Live 343,439 stories Updated Jan 14, 2026
Browse topics All stories

Latest stories

Live feed

ލީގުގައި މާޒިޔާ ބަލިކުރާ ފުރަތަމަ ޓީމަކަށް އީގަލްސް ވެދާނެ: ހަނީފް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މި ސީޒަނުގައި، ލީގުގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރާނެ ފުރަތަމަ ޓީމަކަށް، ކްލަބް އީގަލްސް ވެދާނެކަމަށް އެ ޓީމު ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ. ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 1-4 އިން ހޯދި މޮޅާއެކު އީގަލްސް ވަނީ ލީގު ތާވަލު…

ފަރިތަކުރުންތަކަށް ކުޅުންތެރިން ނާންނާތީ ނަޒީހުގެ ކަންބޮޑުވުން

ޓީމުން ބާއްވާ ފަރިތަކުރުންތަކަށް ކުޅުންތެރިން ބަރާބަރަށް ނާންނާތީ ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އަތުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޒީހު ބުނީ، މެޗުން ބަލިވީ "ކޮންމެހެން ޕްރެޝަ…

ބާޒާރުމަތީ މަގު ހެދުން: ރޯދައިގެ ކުރިން މަސައްކަތް ނިމޭނެ

ބާޒާމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތަށް ރޯދައިގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެ މަސައްކަތް ކުރައްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެ…

ޑިސެމްބަރު މަހު ރޯގާ މަދުވެ ޑެންގީގެ ކޭސްތައް އިތުރުވި: އެޗްޕީއޭ

މިދިޔަ ޑިސެމްބަރުގައި ރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު ކުރީ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ދަށް ކަމަށާއި އެކަމަކު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކިލޯއަކަށް ވުރެ ގިނަ ޑްރަގާ އެކު އަތުލައިގަތް އެކަކު ބުނީ ނަފްސާނީ ބަލި މީހެއް ކަމަށް

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން އޭނާއަކީ ނަފްސާނީ ބަލިމީހެއް ކަމަށާއި ކުރިން ވެސް މީހުން އޭނާ އެކްސްޕްލޮއިޓްކޮށްގެން ކުށްކުރުވި ކަމަށް ބުނެފި އެވެ.

ހަކުރު އެޅި ބުއިންތައް މާ އަގު ހެޔޮ، ޓެކްސް ބޮޑުކުރަންޖެހޭ: ޑަބްލިޔުއެޗްއޯ

ހަކުރު އަޅައިގެން ހަދާފައި ހުންނަ ބުއިންތަކާއި ރަލުގެ ބާވަތްތަކުގެ އަގު ނިސްބަތުން އަގު ހެޔޮ ކަމަށާއި އެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ޓެކްސް ބޮޑުކުރަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

މިދިޔަ އަހަރު 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތު

މިދިޔަ އަހަރު ސަރުކާރުން 205 ދަރިވަރުންނަށް ސްކޮލަރޝިޕުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް މަތީ ތަޢުލީމާއި ތަމްރީނާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ނިމުނު 2025 ވަނަ އަހަރު، ސަރުކާރުން ވަނީ ސްކޮލަރޝިޕުގެ ފުރުޞަތުތަކަށް 222 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. …

Loading fresh headlines…