Live 343,427 stories Updated Jan 15, 2026
Browse topics All stories

Latest stories

Live feed

ދިވެހި ވަތަނީ ޚިދުމަތް: ޢަޤީދާ ވަރުގަދަ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މުހިންމު މަސައްކަތެއް!

ޤައުމިއްޔަތަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް…

ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު

މާދަމާ ބާއްވާ އެމް.ޑީ.ޕީގެ އިންތިޚާބަށް ހުރިހާ ވޯޓުލާ މަރުކަޒުތަކެއް ފުރިހަމަ އަށް ތައްޔާރުކޮށް ނިމިފައިވާ ކަމަށާ އެދެނީ ހުރިހާ މެންބަރުން ވެސް ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ކަންކަން ނިންމައި ދިނުމަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސަ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުގެ ޕްރިސްކްރިޕްޝަނަށް އާސަންދަ ލިބޭ ގޮތަށް ހަމަޖައްސައިފި

އައިނު ހައްދަން ހޮސްޕިޓަލްތަކުން ދޫކުރާ ބޭސް ސިޓީއަށް އެކަނި އާސަންދަ ލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ދޫކުރާ ނަމްބަރުތަކަށް ވެސް މިއަދުން ފެށިގެން އާސަންދަ ހަމަޖައްސައިދޭ ގޮތަށް ނިންމައި އެތަންތަނުގެ ލިސްޓް އާއްމުކޮށްފި އެވެ.

"އީ-ފާސް 2.0" މި އަހަރު ނެރެނީ

ސަރުކާރުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލް ކަމަށްވާ "އީ-ފާސް"ގެ ދެވަނަ ވާޝަނެއް މި އަހަރު ނެރެން ނިންމައިފި އެވެ.

ޕްރައިމަރީން ބަލި ވިޔަސް ކާމިޔާބުވާ ކެންޑިޑޭޓުންނާ އެކު ތިބޭތި: ޣަފޫރު

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި ބަލި ވިޔަސް، ޓިކެޓު ކާމިޔާބުކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު އެދިވަޑައިގެންފި އެވެ.

އެއަރޕޯޓުން ޑޮލަރު ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޓަރމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން، ލައްކަ އަކަށްވުރެ ގިނަ ޑޮލަރު ހުރި ސޫޓް ކޭސް އެއް ފޭރިގަތް މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

Loading fresh headlines…