Live 343,268 stories Updated Jan 20, 2026
Browse topics All stories

Latest stories

Live feed

އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ ދެ މީހުން 15 ދުވަހަށް ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށް ޓްރޭނިންގ ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން، “ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ” ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފިއެވެ.

އިނގިރޭސިވިލާތުގައި ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރަން ވިސްނަނީ

މީސްމީޑިޔާގައި ކުރިމަތިވާ ނުރައްކާތަކުން ކުޑަކުދިން ސަލާމަތްކުރުމަށް، އޮސްޓްރޭލިޔާއިން ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރަން އެޅި ފަދަ ފިޔަވަޅުތަކާމެދު، އިނގިރޭސިވިލާތުން މަޝްވަރާތައް ފަށައިފިއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، މީސްމީޑިޔާގެ ނުރައްކާތަކުން ކުޑަކުދިން ހިމާޔަތްކޮށްދިނުމަށ…

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އިނގިރޭސި ސަފީރާއެކު މަޝްވަރާކުރައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަފީރާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މަޝްވަރާ ކުރައްވައިފިއެވެ.

ޝަހީދުންގެ ޒިކުރާ އާކުރަނީ ޝުކުރުވެރިކަމާއެކު: ރައީސް

ޝަހީދުންގެ ޒިކުރާ އާކުރައްވަަނީ ޝުކުރުވެރިކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނަސަބަތުގައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ. ދިވެހި ޤައުމުގެ ދި…

އިނގިރޭސި ބަހުން ކިޔަވައިދީގެން އިސްލާމް މާއްދާ ފަހުމްވާނަމަ އެގޮތަށް ކިޔަވައި ދިނުމަކީ މައްސަލައެއް ނޫން: ޝަހީމް

ސްކޫލްތަކުގައި އިސްލާމް މާއްދާ ދަރިވަރުންނަށް ފަހުމްވަނީ އިނގިރޭސި ބަހުން ކިޔަވައިދީގެން ކަމަށް ވާނަމަ، އެގޮތަށް ކިޔަވައި ދިނުމަކީ މައްސަލައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…