Live 342,957 stories Updated Jan 29, 2026
Browse topics All stories

Latest stories

Live feed

ޝައުނާ އަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ އިގްތިސާދު ކުރިއަރުވަން ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް

ރާއްޖޭގެ ކަނޑުގެ އަޑިން ތެލާއި މިނެރަލް ހޯދުމުގެ މަސައްކަތް ކުރުމަކީ ތިމާވެއްޓަށް ގެއްލުން ވާނެ ބޮޑު ގޯހެއް ކަމަށް އެމްޑީޕީ ސަރުކާރުގެ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކަމަށް ރައްދު ދެއްވައިފި އެވެ.

އިންޑިޔާއިން ނިޕާ ވައިރަސް؛ ސަރަޙައްދީ ޤައުމުތައް ތައްޔާރީ ޙާލަތަށް

އިންޑިޔާއިން ނިޕާ ވައިރަސް ޖެހިފައިވާ ދެ މީހުން ފެނުމާ ގުޅިގެން ތައިލެންޑާއި ސިންގަޕޫރާއި ހޮންގްކޮންގްއާއި މެލޭޝިޔާގެ ވައިގެ ބަނދަރުތަކުގައި އެ ބައްޔަށް ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަކޮށްފިއެވެ. ނިޕާ ވައިރަސް ފެތުރެނީ ވާލުގެ ވައްތަރެއް ކަމަށްވާ ފްރުޓް ބެޓްއާއި އޫރުފަދަ ބައެއް ޖަނަވާރުގެ ޒަރިއް…

ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

ތިލަފުށީ ސައިޓަކުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރާ ބިދޭސީއަކު މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމީހާ ހޯދ…

މަޝްރޫޢުތަކުން ތިމާވެއްޓަށް ގެއްލުން ނުވާނެކަން ކަށަވަރުކުރާނަން

ސަރުކާރުން މަޝްރޫޢުތައް ހިންގަވާނީ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުވާނޭކަން ކަށަވަރުކުރެއްވުމަށްފަހުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުތަކުގައި ތެލާއި މަޢުދަން ހޯދުމުގެ މަސައްކަތް…

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން ހޮނިހިރު ދުވަހު

ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ސަރަހައްދުތައް ބަދަލުވެފައިވާތީ ގޯތީގެ ގުރު ނެގުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

Loading fresh headlines…