Live 342,832 stories Updated Feb 2, 2026
Browse topics All stories

Latest stories

Live feed

ޓޮޓްނަމް އިން ސިޓީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 2-2 ގެ ނަތީޖާ އަކުން މެޗު އެއްވަރުވެއްޖެ އެވެ. މި ނަތީޖާ އާއިއެކު އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރުމަށް ސިޓީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ސިޓީ އަށް…

ޕާކިސްތާނުން އިންޑިޔާ މެޗު ބޮއިކޮޓް ކުރުމަކީ ދެވޭ ނުބައި މެސެޖެއް: އައިސީސީ

ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗު ނުކުޅެން ނިންމައި އެކަން ޕާކިސްތާން ސަރުކާރުން އިއުލާނު ކުރުމާއެކު މި ނިންމުމާމެދު ވިސްނުމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ގޮވާލައިފި އެވެ. ކްރިކެޓްގެ މައި ޖަމާއަތުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޕާކިސްތާނުނ…

މެޗު ބޮއިކޮޓް ކުރުން: ކްރިކެޓްގައި އާއްމު ކަމެއްތަ؟

ހޮނިހިރު ދުވަހު އިންޑިޔާ އާއި ސްރީލަންކާގައި ފަށާ ޓުވެންޓީ20 ކްރިކެޓް މުބާރާތް ނުފަށީސް މުބާރާތުގެ ފޯރި ހިފައިފި އެވެ. މައްސަލައަކަށްވީ ދެކުނު އޭޝިޔާގެ ކްރިކެޓްގެ ގަދަ ދެބާރު ކަމަށްވާ ޕާކިސްތާނާއި އިންޑިޔާގެ ކޯޅުމެވެ. ޕާކިސްތާނުން ފުރަތަމަ ވިސްނީ މުބާރާތް ބޮއިކޮޓް ކުރުމަށެވެ. އެންމެ ފަހުން އެ ގައުމު…

ރަޝިޔާ-ޔޫކްރެއިން މައްސަލައިގެ މަޝްވަރާތަކުގެ ދެވަނަ ބުރު އަންނަ ހަފްތާގައި

2022ވަނަ އަހަރުން ފެށިގެން ކުރަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާއާއި ޔޫކްރެއިންއާއި ރަޝިޔާއާ ތިން ޤައުމުގެ ދެމެދުގައި އަންނަ ހަފްތާގައި އަނެއްކާ ވެސް މަޝްވަރާތައް ބޭއްވުމަށް ތާވަލުކޮށްފިއެވެ. ތިން ޤައުމުގެ ދެމެދުގައި މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މި…

ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 2،993 މީހުން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ހަވީރަށް ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުންގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ބުނެފި އެވެ.

އޮސްޓްރޭލިއާގެ މުސްލިމް ތާރީޚަށް ޚާއްޞަ ފޮޓޯ މައުރަޒެއް

އޮސްޓްރޭލިއާގެ ގައުމީ ދުވަސް "އޮސްޓްރޭލިއަން ޑޭ" ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ހާއްސަ ފޮޓޯ މައުރަޒެއް މާލޭގައި ހުޅުވައިފިއެވެ. "ބައުންޑްލެސް ޕްލެއިންސް: ދަ އޮސްޓްރޭލިއަން މުސްލިމް ކަނެކްޝަން" ގެ ނަމުގައި ކުރިއަށްދާ މި މައުރަޒަކީ އޮސްޓްރޭލިއ…

ކައުންސިލު އިންތިހާބު ބާއްވާ ދުވަހު އަނެއް ދެ އިންތިހާބު އެއްކޮށްލުމުގެ ވޯޓު ނަގަން ފަލާހުގެ ތާއީދު

އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބު އޮންނައިރު ހަމަ އެ ދުވަހު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ތާއީދުކުރ…

އިގްތިސާދީ 3 ދާއިރާއަކުން ލަފާދޭ ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

އިގްތިސާދީ 3 ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް …

ދަރަނީގެ މައްސަލާގައި ސަރުކާރަށް އެކަނި ހައްލު ނުހޯދޭނެ، އެއީ ގައުމީ މައްސަލައެއް: ނަޝީދު

ރާއްޖެއަށް ކުރިމަތިވެފައިވާ ދައުލަތުގެ ދަރަނީގެ މައްސަލައަކީ މިހާރުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…