Live 358,512 stories Updated Oct 19, 2026
Browse topics All stories

Latest stories

Live feed

ލީޑްސްއިން ޔުނައިޓެޑް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް އާއި ދެކޮޅަށް މެންޗެސްޓާރ ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. މި މެޗުން ޔުނައިޓެޑް އެއްވަރުވެފައިވާއިރު އެ ޓީމު އެންމެ ފަހުން ކުޅުނު 6 މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. ޔުނައިޓެޑުން ފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތ…

ގެދޮރު އިމާރާތްކުރުމާއި ގަތުމަށް ދެ މިލިއަން ރުފިޔާއާ ހަމަޔަށް ހިލޭ އިކުއިޓީ

ގެދޮރު އިމާރާތްކުުރުމަށާއި ގަތުމަށް ލޯނު ނަގަން ބޭނުންވާ އިކުއިޓީގެ އެހީތެރިކަން ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްރޮގްރާމަށް އިތުރު ދެ ކަމެއް އިތުރުކޮށް، މާލީ ހަތަރު އިދާރާއެއްގެ ބައިވެރިވުމާ އެކު ހައުސިން މިނިސްޓްރީން މިއަދު އެމްއޯޔޫތަކުގައި ސޮއިކޮށްފި އެވެ.

ޑޮލަރު މާރުކުރާ ތަނެއް ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ ކުުންފުންޏަށް ދީފައިވާ މަނީ ޗޭންޖިންގ ލައިސަންސް އެމްއެމްއޭއިން ހިފަހައްޓައިފިއެވެ. އެމްއެސް ފައިނޭންސާ މެދު މި ސްޕަވައިޒަރީ ފިޔަވަޅު…

މިވަގުތު 1،273 ޕްރޮޖެކްޓެއް އެބަ ހިންގާ، ލަސްވަނީ ހަނގުރާމައާ ހެދި: ޒަރީރު

ރާއްޖޭގައި މި ވަގުތު 1،273 ޕްރޮޖެކްޓެއްގައި ސޮއިކޮށް، ކުރިއަށްދާ ކަމަށާއި އެ ހުރިހާ ޕްރޮޖެކްޓެއް ވެސް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރު ނިމުމުގެ ކުރިން 442 އޮޑިޓެއް ނިންމާ ރިޕޯޓު އާންމުކުރާނަން: އޮޑިޓް އޮފީސް

އަންނަ އަހަރު ނިމުމުގެ ކުރިން ޖުމްލަ 442 އޮޑިޓެއް ފުރިހަމަކޮށް، އޭގެ ރިޕޯޓުތައް އާންމުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފިއެވެ.

"ހޭންޑްބޯޅަ އިންޑޯ ކޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ"

މާލޭގައި ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މާލަސްތަކެއް ނުވެ، ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. "އަހާ ފޯރަމުގައި" ބައިވެރިވި ޤައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިއެއްކަމުގައިވާ އަޙްމަދު ސައިފް ނ…

އިގުތިސާދު ރަނގަޅުކުރަން އަލިމަގު ފެންނަން ފަށައިފި: ޒަރީރު

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރިކަމަށާއި ނަމަވެސް އިގުތިސާދު ރަނގަޅު މިސްރާބަށް ގެންދަން މިހާރު އަލިމަގުތަކެއް ފެނިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެ އެވެ.

Loading fresh headlines…