Live 342,785 stories Updated Feb 5, 2026
Browse topics All stories

Latest stories

Live feed

ސުލްހައިގެ މަސައްކަތުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު ބޮޑު

މަޝްވަރާކުރުމާއި، ޚިޔާލުތަފާތުވުންތައް ޙައްލުކޮށް އެއްބަސްވުންތަކަށް ވާސިލުވުމުގައި ޤާނޫނުހަދާ މަޖިލިސްތަކުން ބޮޑު ދައުރެެއް އަދާކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ނައިބު ރައީސް ނާޡިމް މިހެން ވިދާޅުވީ، ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަ…

ޔޫކްރެއިން، ރަޝިޔާ އަދި އެމެރިކާގެ މަޝްވަރާތަކުގެ ދެވަނަ ބުރު ފަށައިފި

2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާއިން ވިލަރެސްކުރާ ރަޝިޔާއާއި ޔޫކްރެއިންގެ މަޝްވަރާތަކުގެ ދެވަނަ ބުރު އަބޫ ދާބީގައި ފަށައިފިއެވެ. ތިން ޤައުމުގެ މެދުގައި ބައްވާ މަޝްވަރާތައް ދެ ދުވަހަށް ދެމިގެން ދާނެއެވެ. އެ ބައްދަލުވުން ފ…

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން ކަރެކްޝަންގެ ގިނަ އޮފިސަރުންތަކެއްގެ ސޮއިއާއެކު ޕެޓިޝަންއެއް ރައީސް އޮފީހަށް!

ޖެނުއަރީ މަހު ބޮޑުވާނެ ކަމަށް ބުނި މުސާރަ ބޮޑުނުވުމުން އެކަމުގެ ކަނބޮޑުވުން ފާޅުކޮށް ކަރެކްޝަންގެ ގިނަ އޮފިސަރުންގެ ސޮއި އާއެކު ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.

އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން އާންމުކޮށްފި

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ އާމްދަނީން ޓެކުހުގެ ގޮތުގައި ނުދައްކާ އަދަދު 100،000ރ. އަށް ވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މީރާ އިން އާންމުކޮށްފި އެވެ.

އިއްތިހާދު ދޫކޮށް ކާންޓޭ ތުރުކީގެ ފެނަބާޗޭއަށް

ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދު ދޫކޮށް، ފްރާންސްގެ މިޑްފީލްޑަރު އެންގޮލޯ ކާންޓޭ، ތުރުކީގެ ފެނަބާޗެއަށް ސޮއިކޮށްފިއެވެ. ކާންޓޭ ފެނަބާޗޭއަށް ސޮއިކޮށް، ކުލަބާ ގުޅުނުކަން އެ ކުލަބުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. މި ޓްރާންސްފަރ ފުރިހަމަކޮށްފައި މިވަނީ، އިދާރީ މައްސަލަތަކެއް ކުރިމަތިވެ، ޓްރާނ…

ކަނޑު އަޑިން 3 އަތޮޅަކަށް ދަތުރުކޮށް ޝަފްރާޒް ދުނިޔޭގެ ރެކޯޑެއް

ތިން އަތޮޅަކަށް ކަނޑު އަޑިން ދަތުރުކޮށް ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "އެކްރޮސް މޯލްޑިވްސް 2026"ގެ ނަމުގައި ކަނޑު އަޑީގައި ރެކޯޑެއް ގާއިމުކުރުމަށް ކުރިއަށްގެންދިޔަ ތާރީޚީ ހަރަކާތް ކުރިއަށްގެންދިޔައީ ދިވެހި ޑައިވަރު …

ނޭވާ ހޮޅިއަށް އެޅިފައި އޮތް ވެލެންސިއާ އަށް ކުޑަ އުއްމީދެއް

އަންނަ ސީޒަންގައި ދިވެހި ޕްރިމިއަރ ލީގުން ޖާގަ ގެއްލިދާނެ ކަމަށް ބެލިވެފިވާ ކްލަބް ވެލެންސިއާ ލީގުގެ ފަހު މެޗުން މޮޅުވެ ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދު އާކޮއްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފަހު މެޗު ވެލެންސިއާ ކާމިޔާބުކުރީ ކްލަބް އީގަލްސްއާ ވާދަކޮށް 2-0 އިންނެވެ. މި މޮޅާއެކު ވެލެންސިއާ…

ކުރީގެ ރިޔާސީ ބަޔާނުގައި ހިމެނޭ ކަން ހާސިލް ނުވި ސަބަބު ވިދާޅުވާން ޖެހޭނޭ: އެމްޑީޕީ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވަވާއިރު މިދިޔަ އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި ކަންކަމުގެ 90 ޕަސެންޓު ހާސިލުނުވާ ކަމަށާއި އޭގެ ސަބަބުތައް ހާމަކުރައްވަން ވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސ…

ބަޑީގެ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ މީހަކު ޒަހަމްވުމުން ޣައްޒާގައި 21 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ޣައްޒާގައި ދިން ބަޑީގެ ހަމަލާއެއްގައި ސިފައިންގެ މީހަކު ޒަހަމްކޮށްލި ކަމަށް ބުނެ އިޒްރޭލުން ބޮން އަޅައި ޣައްޒާގެ 21 މީހަކު މިއަދު ޝަހީދުކޮށްލައިފި އެވެ.

Loading fresh headlines…