Live 342,440 stories Updated Feb 18, 2026
Browse topics All stories

Latest stories

Live feed

ވަކި އުމުރުފުރާތަކަށް ސޯޝަލް މީޑިއާ މަނާކުރެވޭ ގޮތް ހަދަން އިންޑިއާއިން ކުންފުނިތަކާ ވާހަކަ ދައްކަނީ

ވަކި އުމުރުފުރާތަކަށް ސޯޝަލް މީޑިއާ މަނާކުރެވޭ ގޮތް ހެދުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާ ކުންފުނިތަކާ އެކު ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށް އިންޑިއާގެ އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނަވް ވިދާޅުވެއްޖެ އެވެ.

ރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލޭނެ ގަޑިތައް އާންމުކޮށްފި

މި އަހަރުގެ ރަމަޟާން މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.

ބަނގުރަލުގެ ވިޔަފާރި ކުރި ދެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލަމް ފަރްހާދް، ބަންގްލަދޭޝް (35އ) އާއި އަބްދުއް ރަހްމާން، ބަންގްލަދޭޝް (35އ) އެވެ. މި ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގަ…

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ. ވޭޕް ނައްތާލާފައިވަނީ ދޫނިދޫގައެވެ. ފުލުހުން ވިދާޅުވީ ނައްތާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެ…

ވީއައިއޭގެ ޓްރެފިކް ފްލޯއަށް މިރެއިން ފެށިގެން ބަދަލުތަކެއް

ކުރީގެ އިންޓަރނޭޝަނަލް އެއާޕޯޓަށް، ޑޮމެސްޓިކް ޓާމިނަލް ބަދަލުކުރުމާ ގުޅިގެން އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް މިރެއިން ފެށިގެން ބަދަލު އަންނާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އޭސީސީ އާއި ކަސްޓަމްސްއާ ދެމެދު ވެފައިވާ ފަހުމުނާމާ ހަރުދަނާކުރަން ސޮއިކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް، ދެ މުއައްސަސާގެ ދެމެދުގައި 02 ފެބުރުވަރީ 2023 ގައި ސޮއިކުރެވުނު ފަހުމުނާމާއަށް ގެނެވުނު ފުރަތަމަ އިސްލާޙުގައި މިއަދު ސޮއިކޮށްފިއެވެ.

Loading fresh headlines…