ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ގޭމިން ކޮމިއުނިޓީއަށް ހާއްސަ "ގޭމްއޮން" ޑޭޓާ އެޑްއޮންތަކެއް ތައާރަފުކޮށްފި އެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ގޭމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި
އެޑްއޮންތަކުގެ ދަށުން، ގޭމްއޮން ޕްލޭންތައް 100ރ. އިން ފެށިގެން ލިބޭނެ އެވެ. މި
ޕްލޭންތަކުގެ ތެރޭގައި 100ޖީބީ، 200ޖީބީ އަދި ގޭމްއޮން ލިމިޓްލެސް އެޑްއޮންތައް
ހިމެނެ އެވެ. އަދި، މި އެޑްއޮންތައް އެއް ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް
ބޭނުންކުރެވޭނެ އެވެ.
ދިރާގުގެ
ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑީޖީޖީ
ވެބްސައިޓް މެދިވެރިކޮށް ފަސޭހަކަމާ އެކު މި އެޑްއޮންތައް އެކްޓިވޭޓްކުރެވޭނެ އެވެ. އެޑްއޮން އެކްޓިވޭޓް ކުރުމަށް، ޑީޖީޖީ ވެބްސައިޓްގެ 'ޕްރޮޑަކްޓްސް' އަށް ދިއުމަށްފަހު،
ބޭނުންވާ އެޑްއޮންއެއް އިހުތިޔާރުކޮށް، ފޯނު ނަންބަރު ޖަހައިގެން ކުރިއަށް
ދެވޭނެ އެވެ. އަދި ފޯނަށް ލިބޭ އޯޓީޕީ ވެރިފިކޭޝަން ފުރިހަމަ ކުރުމުން އެޑްއޮން އެކްޓިވޭޓްވާނެ އެވެ.
މިއީ ރާއްޖޭގެ ގޭމިން ދާއިރާ ކުރިއަރުވައި، އިތުރު
ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި އެޑްއޮންތަކެއް ކަމަށް ދިރާގުން ބުންޏެވެ. އަދި މި އެޑްއޮންތަކާ އެކު ގޭމަރުން ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު
އިންޓަނެޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ޑީޖީޖީ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމެވެ. ޑީޖީޖީއިން އަންނަނީ ގޭމިން ދާއިރާ ކުރިއަރުވައި ގޭމަރުންނަށް އެކި ފުރުސަތުތައް ފަހިކޮށްދީ، ގޭމަރުންނަށް ހާއްސަ އެކި ޕްރޮމޯޝަންތައް ވެސް ހިންގަމުންނެވެ.