ޔޫއޭއީގެ ސައިބަ ސެކިއުރިޓީ ވީކް: ފުރައްސާރަކުރާ ނަމަ ޖަލު އަދަބާއި ޖޫރިމަނާ އޮތްކަން ހަނދާންކޮށްދީފި
ޔޫއޭއީގައި ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން، އޮންލައިންކޮށް އެހެން މީހުންނަށް ފުރައްސާރަކޮށް، އަބުރަށް އަރައިގަންނަ ނަމަ ބޮޑެތި ޖަލު ހުކުމްތަކާއި 500،000 ދިރުހަމް (ގާތްގަނޑަކަށް 2.1 މިލިއަން ދިވެހި ރުފިޔާ) އާ ހަމައަށް ޖޫރިމަނާކުރާނެކަން ހަނދާންކޮށްދީ އިއްޔެ އިންޒާރު ދީފި އެވެ.