Live 341,791 stories Updated Feb 21, 2026
Browse topics All stories

Latest stories

Live feed

މިދިޔަ އަހަރުގެ ފަހު ހަމަސް ދުވަހުގެ ތެރޭގައި އެޗްއާރުސީއެމަށް 426 މައްސަލަ ހުށަހަޅައިފި

މިދިޔަ އަހަރުގެ ފަހު 6 މަސް ދުވަހު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 400 އަށް ވުރެ ގިނަ މައްސަލަ ބަލައިގަނެފައިވާ ކަމަށް އެކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އީސީގެ ރައީސް ޒާހިދާއި، ރައީސް މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ: މެންބަރު ޒިޔާދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު ސިއްރު ބައްދަވުންތައް ބާއްވަވާއިރު، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ''ސަހަލު'' ގޮތަކަށް ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ބޭނުން ކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރުން މައްޗަށް

މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް، ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ބޭނުންކުރެވޭ ރިޒާވާއާއެކު ރަސްމީ ރިޒާވްވެސް ވަނީ މަތިވެފައެވެ. މިއަހަރުގެ ޖަނަވަރީގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ…

ޓްރަމްޕުގެ ރުޅިގަނޑު ސުޕްރީމް ކޯޓަށް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިގްތިސާދީ ސިޔާސަތުގެ އަސާސަކަށް ހަދައިގެން، ގައުމުތަކުގެ މުދަލުން އާދަޔާ ހިލާފް ބޮޑުކޮށް ޓެރިފް ނަގަން ނިންމަމުން ދިޔައީ ގާނޫނުން ލިބިދޭ ބާރުގެ ބޭރުން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ޓްރަމްޕު ބަހުގެ ހަމަލާތައް ދެއްވައިފި އެވެ.

Loading fresh headlines…