Live 341,739 stories Updated Feb 27, 2026
Browse topics All stories

Latest stories

Live feed

"ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީ ދައުލަތުގެ މުދަލަށް ހެދުން ބަލައި ނުގަންނަން"

ހުޅަނގު އައްސޭރީގެ ބިންތަކަކީ ދައުލަތުގެ މުދާ ކަމަށް ބަލައި ފޭރިގަތުމަށް ކުރަމުންދާ މަސައްކަތް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސަޢުދީ ޢަރަބީއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގ…

ފަހިދިރިއުޅުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް: ސޮބާހު

ފަހިދިރިއުމުގެ ފްލެޓްތައް ސަރުކާރުން އާއްމުންނަށް ދިނީ، ހިތާދޫ ދެރަ ސޮރަށް ގެރި ދިން ގޮތަށް ކަމަށް ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

ސުވަރުގޭގެ 8 ދޮރުކޮޅު: މުއުމިނުންގެ އުފާވެރިކަން

ސުވަރުގެއަކީ މާތްﷲ އަށް އީމާންވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވި މުއުމިނު އަޅުންނަށްޓަކައި އެކަލާންގެ ތައްޔާރުކުރައްވާފައިވާ، ދާއިމީ ނިޢުމަތުގެ ގޮވައްޗަކެވެ. ސުވަރުގޭގެ މަތިވެރިކަމާއި އެތަނުގެ ނިޢުމަތްތަކުގެ ފުރިހަމަކަން ކީރިތި ޤުރްއާނާއި ނަބަވީ އިރުޝާދުތަކުން އަޅުގަނޑުމެންނަށް ވަނީ ބަޔާނ…

ޑިމޮކްރެޓިކް ރަނގަޅު ގޮތަކީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުން: ރައީސް

ޑިމޮކްރެސީގެ ހަމަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މައިލޯ ރަމަޟާން ކުރިކެޓު ކާނިވާ: ސަންކުއިކް ލިލީ އާއި ސިފައިންނަށް މޮޅެއް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ގޫރޫޕް އޭގައި އިއްޔެ ކުޅު މެޗުތަކުން ސަންކުއިކް ލިލީ އާއީ ދިވެހި ސިފައިންގެ ކުލަބް މޮޅުވެއްޖެއެވެ. މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި …

ފެނަބާޗޭ އަތުން ބަލިވި ނަމަވެސް ފޮރެސްޓް ދެވަނަ ބުރަށް

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ނޮޓިންހަމް ފޮރެސްޓް އިން ހޯދައިފި އެވެ. ނޮޓިންހަމް ފޮރެސްޓަށް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ޕްލޭއޮފް ގައި ތުރުކީގެ ފެނަބާޗޭ އާއި ދެކޮޅަށް ކުޅުނު ދެ ލެގުގައި 4-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ…

ސްޕޭނުގެ ދެވަނަ ޑިވިޝަނުގެ ކްލަބް އަލްމޭރިއާގެ ހިއްސާ ރޮނާލްޑޯ ގަނެފި

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ އަލްމޭރިއާގެ ހިއްސާ ގަނެފި އެވެ. ސައުދި އަރަބިއްޔާގެ އިންވެސްޓްމެންޓް ކޮންސޯޓިއަމްގެ ދަށުން ހިންގަމުންދާ އަލްމޭރިޔާގެ 25 އިން ސައްތ ހިއްސާ ރޮނާލްޑޯ ގަނެފައިވާއިރު މި މުއާމަލާތުގެ އަދަދެއް އެއްވެސް ފަރާތަކުން ރަސ…

ރާއްޖެއިން ބޭރުގައާއި ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ބަހައްޓަން ކަނޑައެޅި ތްރެޝްހޯލްޑަކީ މީގެ ކުރިން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު އަދަދެއް: ވަހީދު

ރާއްޖެއިން ބޭރުގައާއި ސިނާއީ ރަށްތަކުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ތްރެޝްހޯލްޑަކީ މީގެ ކުރިން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު އަދަދެއް ކަމަށާއި، އެއީ އެތަންތަނުގައި ވޯޓު ފޮށި ބަހައްޓަން ސަރުކާރުން ބޭނުން ނުވާތީ ކުރި ކަމެއް ކަމަށް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ހަމަޖަ…

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެނެސްފި

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައި، އެ ބަދަލުތައް ރަސްމީކޮށް ރައީސް އޮފީހުން އިޢުލާންކޮށްފިއެވެ.

Loading fresh headlines…