Live 341,565 stories Updated Mar 5, 2026
Browse topics All stories

Latest stories

Live feed

ބީއެމްއެލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" ރަސްމީކޮށް އިފުތިތާޙުކޮށްފި

ބޭންކް އޮފް މޯލްޑިވްސްއިން ލޯންޗުކުރި މަލްޓި ކަރަންސީ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ރަސްމީކޮށް އިފުތިތާޙު ކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕަކީ، ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. މި ވޮލެޓް ރަސްމީކޮށް އިފުތިތާޙު ކުރީ، މިހާރު ޖަރުމަނުގައި ކުރިއަށްދާ އައިޓީ ބާލިންގެ ތެރެއިން…

ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން މިސަރުކާރަށް ހާމަ ކުރާކަށް ނުކެރޭނެ: އެމްޑީޕީ

ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބަ ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ނަން ހާމަ ކުރަން މިސަރުކާރަށް ނުކެރޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ގެންނަނީ

ޖަޕާން ސަރުކާރުގެ އެހީގައި ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި، ސޮއިކޮށްފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ގެނައުމުގެ އެއްބަސް…

ބިންވެރިޔާއިން ޖޮއިންޓްކޮށް ގޯތި ލިބި، ވަކިވާން ބޭނުންވާ މީހުންގެ އުސޫލު ޢާއްމުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުން ގޯތި ދޫކޮށްލާ، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހުޅުވާލުމުގެ އުސޫލު ޢާއްމުކޮށްފިއެވެ. އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފޯމު ހުށައެޅުމަށް ހުޅުވާލާނީ މާރިޗު މަހުގެ 24 ވަނަ ދުވަހު ކ…

ފްލެޓާއި ގޯއްޗަށް 18،000 އަށްވުރެ ގިނަ ފޯމް

ފްލެޓާއި ގޯއްޗަށް އެދުމަށް ޑްރާފްޓުގައިވާ ފޯމުތަކާއެކު 18،036 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އީރާންގެ ޙަމަލާތަކާ އެކު ޔަހޫދީން ބިރުވެރިކަމެއްގައި، ގިނަ ބަޔަކު ބިންގަރާސްތަކުގައި

އެމެރިކާއި ޔަހޫދީން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ފަސްވަނަ ދުވަހަކަށް ދެމިގެން ގޮސްފައިވާއިރު، ރައްދުގައި އީރާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީ ޢާންމުންނަށް ކުރިމަތިވެފައި އޮތް ނުރައްކަލާއި ނުތަނަވަސްކަން އެތަކެއް ގުނައަކަށް ބޮޑުވެއްޖެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަ…

ސައިޕްރަސްގެ ދިފާޢުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ މަނަވަރުތައް

ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމެއް ކަމުގައިވާ ސައިޕްރަސްގެ ދިފާޢީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. އެ ދެ ޤައުމުން ދިފާޢީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވަނީ، އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފ…

ގަވަރނަންސް ހަރުދަނާކުރަން ޕީސީބީން އައު ގައިޑްލައިނެއް އެކުލަވާލައިފި

ދައުލަތުގެ ޙިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) ބޯޑު ސަބް-ކޮމިޓީތައް އެކުލަވައިލުމާއި ހިންގުމުގައި އަމަލުކުރާނެ ގައިޑުލައިނަކާއި، ބޯޑުގެ ކޮމިޓީތަކުގެ ނަމޫނާ ޗާޓަރެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން އެކުލަވާލައިފިއެވެ. މި އިސްލާޙުތަކުގެ މައިގަނޑު މަޤުސަދަކީ، ކުންފުނިތ…

ކޮމެންޓްރީ ދަސްކޮށްދޭ ޕްރޮގްރާމުގައި ހިލޭ ބައިވެރިވެވޭނެ

ފުޓްބޯޅައިގެ ފޯރިގަދަ ދަނޑުމަތީގެ މަންޒަރުތައް ކިޔާދީ، ބެލުންތެރިންނާއި ހަމައަށް ފުޓްބޯޅައިގެ ފޯރި ގެންގޮސްދިނުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ގުޅިގެން ކޮމެންޓްރީ ދޭން ބޭނުންވާ ފަރާތްތަކަށް ޚާއްސަ …

Loading fresh headlines…